ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިން ތަމްރީނު ފުރުސަތުތަކެއް ހޯދައިދިނުމަށް އިންޑިއާގެ ހައި ކޮމިޝަނާއާއި އެކު މަޝްވަރާކޮށްފި

މޮލްޑިވްސް މީޑިއާ ކައުންސިލާއި އިންޑީއާގެ ހައި ކޮމިޝަން ބައްދަލު ކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ)އިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، އިންޑިއާގެ ތައުލީމީ ހިދުމަތް ދޭ މުއައްސަސާތައް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތަކެއް ހޯދައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި އިންޑިއަން ހައިކޮމިޝަނާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތަކުގައި އެމްއެމްސީގެ ފަރާތުން ބައިވެރިވެފައިވަނީ، ކައުންސިލްގެ ރައީސް ސަހުބާން ފަހުމީ، ކައުންސިލްގެ މެންބަރު އަލީ ހުސެއިން، މެންބަރު އިބްރާހިމް ފައުޒީ، މެންބަރު މުހައްމަދު ޝަފާއު ހަސަން އަދި ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ސަމީރެވެ. އިންޑިއަން ހައި ކޮމިޝަނުގެ ފަރާތުން ހައިކޮމިޝަނަރު ހިޒް އެކްސެލެންސީ މިސްޓަރ މުނޫ މަހާވަރާއި ޑެޕިއުޓީ ހައި ކޮމިޝަނަރު މިސްޓަރ ރޯހިތު ރިތިޝްގެ އިތުރުން ހައިކޮމިޝަންގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.  

މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ އިންޑިއާ އަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، އިންޑިއާގެ ތައުލީމީ ހިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ދިވެހިރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެއްޓުމަށެވެ. އަދި މި ދާއިރާގެ ތަމްރީނު ޕްރޮގްރާމްތަކެއް އޮންލައިންކޮށް ހިންގުމަށް ވެސް ވަނީ މަޝްވަރާކުރެވިފައެވެ.

މީގެ އިތުރުން، ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.

ދިވެހި ރާއްޖޭގައި ހުންނަވާ އިންޑިއަން ހައި ކޮމިޝަނަރު ހިޒް އެކްސެލެންސީ މިސްޓަރ މުނޫ މަހާވަރު ވަނީ ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން މޯލްޑިވްސް މީޑިއާ ކައުންސިލަށް ދެއްވާފައެވެ. ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލާއި އިންޑިއާގެ ޕްރެސް ކައުންސިލްއާއި ގުޅުން ބަދަހިކޮށްދެއްވާ، މިދާއިރާއަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށްވެސް އިންޑިއަން ހައި ކޮމިޝަނަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: