ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ މައުލޫމާތާއި ފޮޓޯ ނުފެތުރުމަށް އެމްއެމްސީން ގޮވާލައިފި

މީޑިއާ ކައުންސިލްގެ ބައެއް މެމްބަރުން—
ޝެއާރކޮށްލާ ކަހަލަދޯ؟

ރަހީނުކޮށް ރަހުމުކުޑަގޮތަކަށް މަރާލާފައިވާ 13 އަހަރުގެ ކުޑަ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނަ ފޮޓޯތަކާއި މައުލޫމާތު ނޫސްތަކުގައި ނުފެތުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފިއެވެ.

އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނުނުގެ 33 ވަނަ މާއްދާއާއި ޤާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިޢު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލު އަދި ކުޑަކުދިންނާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ހާމަކުރުމުގެ ގައިޑްލައިން އާއި ޚިލާފަށް އެ ޚަބަރު ނޫސްތަކުގައި ޝާއިޢުކޮށްފައިވާތީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

އެގޮތުން ކުއްޖާގެ ފޮޓޯ އާއި ނަން އަދި ކުއްޖާއަކީ ކާކުކަން ދެނެގަނެވޭ ފަދަ ޒާތީ އެކި މަޢުލޫމާތު ބޭނުންކުރުމާއި ޞައްޙަ ނޫން މަޢުލޫމާތު ބޭނުންކުރުން ފަދަ ކަންކަން އެ ކައުންސިލުގެ ސަމާލުކަމަށް އައިސްފާވާކަމަށް ފާހަގަކުރަށްވާ އެމްއެމްސީއިން ވަނީ ޚަބަރު ގެނެސްދިނުމުގައި އެ ޤާނޫނުތަކާއި އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ގޮވާލައްވާފައެވެ.

“ކުއްޖާގެ ފޮޓޯއާއި ކާކުކަން އެނގޭނެފަދަ ހުރިހާ މަޢުލޫމާތެއް ޚަބަރުތަކުން ނެންގެވުމަށްވެސް މި ކައުންސިލުން އަންގަމެވެ. އަދި އެގޮތަށް އަމަލުނުކުރާ މީޑިއާތަކާއިމެދު ފިޔަވަޅުއަޅަމުން ދާނެ ވާހަކަވެސް ހަނދާންކޮށްދިނީމެވެ.” އެމްއެމްސީގެ ބަޔާނުގައި ވެއެވެ.

އެމްއެމްސީން ބުނީ މި މައްސަލައާ ގުޅިގެން، އެ ކައުންސިލުން އެންމެ އަވަހަށް ބާއްވާ ޖަލްސާއެއްގައި އިތުރަށް މަޝްވަރާކޮށް ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައިކަމަށެވެ.

މަރާލާފައިވާ އެ ކުއްޖާ ފެނިފައިވަނީ ހުޅުމާލެ ފޭސް 2 ގެ މޫދުތެރެއިން ފޮށްޓަކަށް ލާފައި އޮއްވާ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން މިހާރު ވަނީ ނިންމާފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން މިހާރު ވަނީ 17 އަހަރުގެ ކުއްޖަކާއި، 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: