ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ފަރާތުން ނޫސްވެރިންނަށް ލިބިފައިވާ އިންޒާރުތަކާއި، އަނިޔާގެ މައްސަލަތައް ކުށްވެރިކުރަން: އެމްއެމްސީ

އެމްއެމްސީ ބައްދަލުވުމެއް: ފޮޓޯ/ އެމްއެމްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ނޫސްވެރިންނަށް މުޒަހާރާތައް ކަވަރުކުރުމުގެ ތެރެއިން ފުލުހުންގެ ފަރާތުން އަނިޔާތައް ލިބި، އިންޒާރުދީ ބިރުދައްކާފައިވާކަމުގެ ތުހުމަތުތައް ކުރެވިފައިވުމަކީ، ސީރިއަސް މައްސަލަތަކެއްގެ ގޮތަށް ބަލަންޖެހޭ ކަންކަން ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.

ދިވެހި ނޫސްވެރިންގެ ހައްގުތައް އަދި އިސްލާމީ އުސޫލުތަކުގެ ތެރޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި މީޑިއާ ކައުންސިލުންވަނީ ބަޔާނެއް ނެރިފައިއެވެ. ބަޔާނުގައި ބުނެފައިވާގޮތުން މިނިވަންކަމާއި އެކު ފިކުރު ކުރުމާއި އިސްލާމީ އަސްލުތަކާއި ހިލާފުނުވާފަދަ ގޮތެއްގެ މަތިން ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ، ދިވެހި ގާނޫނު އަސާސީގެ ދަށުން ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދީފައިވާ ހައްގެއްކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީގެ އިމުގެ ތެރެއިން ފާޅުކޮއްފައިވާ ހިޔާލަކާއި ގުޅުވައި، މީޑިއާގެ އިދާރާތަކަށް ވަދެ، ނޫސްވެރިންގެ ޖިސްމަށް ގެއްލުންދީ، ފުރާނައަށް ނުރައްކާވެ، ބިރުދައްކައި އިންޒާރު ދިނުން ފަދަ އަމަލުތައް އެއްވެސް ހާލަތެއްގައި ބަލައި ނުގަނެވޭނެކަމަށް އެ ބަޔާނުގައިވެއެވެ.

“ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެފަރާތްތަކުން ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު ނުވާހާ ހިނދަކު، އެއްވެސް ފަރާތަކުން ނޫސްވެރިންގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅައި ބިރު ދައްކައި އިންޒާރުދިނުން ފަދަ ކަންކަމަކީ، މި ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެކެވެ. ޚާއްސަގޮތެއްގައި އެކި އެއްވުންތަކާ މުޒާހަރާ ކަވަރުކުރުމުގެ ތެރެއިން ދިވެހި ފުލުހުންގެ ފަރާތުން ނޫސްވެރިންނަށް އަނިޔާއާއި، އިންޒާރުދީ ބިރު ދެއްކުންފަދަ ތުހުމަތުތަކަކީ، ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަންޖެހޭ ކަންކަން ކަމުގައި މި ކައުންސިލުން ދެކެމެވެ. އެހެންކަމުން މި ކައުންސިލުން މިހާރުވާނީ، އެފަދައިން ލިބިފައިވާ ވަކިވަކި ޝަކުވާތަކާ ގުޅިގެން، މައްސަލަތައް ބަލައިދިނުމަށް އެދި ކަމާބެހޭ ފަރާތްތަކަށް ހުށައަޅާފައެވެ” އެމްއެމްސީ.

އެމްއެމްސީއިން ނެރިފައިވާ ބަޔާނުގައި ވާގޮތުން މީގެ ކުރިންވެސް ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށްވަނީ ތަފާތު އެކި ޒާތުގެ އިންޒާރުތަކާއި ފުރައްސާރަކުރުންތަކާއި ކުރިމަތިލާންޖެހިފައިއެވެ. އަދި ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށްވެސް ނޫސްވެރިން ވެފައިވާކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ، އެހެންކަމުން، އެފަދަ ކަމެއް ތަކުރާރުނުވާނެ ފަދައިން ދުރާލައި ފިޔަވަޅު އެޅުމަކީ، ކަމާބެހޭ މުއައްސަސާތައް އަދި މީޑިއާ ތަކާއި ނޫސްވެރިންވެސް ސަމާލުކަންދޭންޖެހޭ ކަމެއް ކަމަށެވެ.

ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް އެތައް ނުރައްކާތަކަކާއި ކުރިމަތިލާންޖެހިފައިވާކަން ފާހަގަކޮށް އެފަދަ އަމަލުތައް ކުށްވެރިކޮށް އެމްއެމްސީއިން ނެރިފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ނޫސްވެރިކަމުގެ ދާއިރާއަށް ރައްކާތެރިކަން ކަށަވަރުކޮށްދީ، މަސައްކަތްކުރެވޭނެ ފަދަ އަމާން މާހައުލެއް ގާއިމުކޮށްދިނުމުގެ ޒިންމާއަކީ، ރާއްޖޭގެ ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި، އެނޫންވެސް ފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ. އަދި ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ލިބިފައިވާ އަނިޔާތަކާއި އިންޒާރުދީ ބިރުދެއްކި ކަމުގެ ތުހުމަތުއް ކުރެވިފައިވާތީ، އެ މައްސަލަތައް ވަކި ވަކިން ބަލައިދިނުމަށް ކަމާއި ބެހޭ މުއައްސަސާތަކަށް ހުށައެޅިފައިވާކަމަށްވެސް މި ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: