ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިކޮނޮމިކް މިނިސްޓްރީއިން ފޯރުުކޮށްދޭ ޚިދުމަތްތަކަށް ޚާއްސަ ހެލްޕް ސެންޓަރެއް!

ވިޔަފާރިތަކާއި ބިދޭސީންނާއި ގުޅުންހުރި ކަންކަމުގައި މިސެންތަރުން އެހީ ދޭނެ
ޝެއާރކޮށްލާ ކަހަލަދޯ؟

އިކޮނޮމިކް މިނިސްޓްރީއިން ފޯރުކޮށްދޭ ބައެއް ހިދުމަތްތައް ފޮރުކޮށްދިނުން ފަސޭހަކޮށްދިނުމުގެ ގޮތުން “1500 ހެލްޕް”ގެ ނަމުގައި ހެލްޕް ސެންޓަރެއް ގާއިމްކޮށްފިއެވެ.

މިނިސްޓްރީއިން ބުނީ ހެލްޕް ސެންޓަރު ގާއިމްކުރުމުގެ މަގްސަދަކީ އޮންލައިންކޮށް ފޯރުކޮށްދޭ ބައެއް ހިދުމަތްތައް ފޮރުކޮށްދިނުމުގައި އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޚިދުމަތާއި، ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެވޭ ބިދޭސީންނަށް ހުއްދަ ދިނުމުގެ ޚިދުމަތާއި، ޖޮބްސެންޓަރުގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ދާއިރު، މި ޚިދުމަތްތަކަށް އޮންލައިންކޮށް އެދޭފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުވެގެންދާނެކަމަށް މިނިސްޓްރީއިން ބުނެއެވެ.

ހެލްޕް ސެންޓަރުން ފޯރުކޮށްދޭ ބައެއް ހިދުމަތްތަކުގެ ތެތޭގައި މިނިސްޓްރީގެ ޚިދުމަތްތަކާ ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުން، މިނިސްޓްރީގެ ޚިދުމަތްތަކަށް އެދި އޮންލައިން ކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަނެއް ޕްރޮސެސްވުމުގައި ދައްޗެއް ދިމާވެއްޖެ ހާލަތުގައި، ޗެކްކޮށްދިނުމާއި ހައްލު ނުކުރެވި ހުރި މައްސަލަތަކަށް ހައްލު ހޯދައި ދިނުމުގައި އެހީތެރިވުން އަދި މިނިސްޓްރީގެ ޚިދުމަތަކަށް އެދި އޮންލައިންކޮށް ހުށަހެޅުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމާއި އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

މި ހެލްޕް ސެންޓަރު ގާއިމްކޮށްފައިވަނީ މާލޭގެ ބޮޑުތަކުރުފާނު މަގުގައި ގާއިމްކޮށްފައިވާ އެމްޓީސީސީގެ ހުޅުމާލެ ފެރީ ގިމަތަ އިމާރާތުގައެވެ. މިސަރވިސް ސެންޓަރ ހުޅުވިފައި ހުންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: