ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބަށް ނުފޫޒު ފޯރުވާކަމަށް ބުނާ މައްސަލަ އިދިކޮޅުން ރަސްމީކޮށް ހުށަހަޅާފައި ނެތް: އީސީ

އެމްޑީޕީގެ ވަޒީރުންގެ ބައެއް ބޭފުޅުންނާއި ގައުމީ މަޖިލިސް މެންބަރުންގެ ޓީމެއް ކޮމަންޑޫ ދާއިރާގައި/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ބުނެ އިދިކޮޅުން މީޑިއާތަކާއި ބައްދަލުވުންތަކުގައި ޝަކުވާކުރެއްވި ނަމަވެސް ރަސްމީކޮށް އިންތިހާބީ ޝަކުވާއެއްގެ ގޮތުގައި ލިއުމުން މައްސަލަ ހުށަހަޅާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އަންނަ މަހުގެ ފަހެއްގައި ބާއްވާ ކޮމަންޑޫ ދާއިރާގެ ގޮނޑި ސަރުކާރަށް ކާމިޔާބު ކުރުމަށް، މަޝްރޫއުތައް އިއުލާނުކޮށް ނުފޫޒުތައް ފޯރުވަމުންދާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފަ އެވެ. ބަޖެޓުގައި ނުހިމެނޭ މަޝްރޫއުތައް ދާއިރާއަށް އިއުލާނުކޮށް، އޭގެ ތެރެއިން ބައެއް މަސައްކަތްތަކުގެ އަމަލީ މަސައްކަތް ފަށާފައިވާތީ އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކާއި އެކު އޮތް ބައްދަލުވުމުގައި އިދިކޮޅުން ހުށަހެޅި އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ އެވެ.

އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީގެ ބޮޑެތި ވަފުދުތައް ކޮމަންޑޫ ދާއިރާއަށް ދަތުރު ކުރަމުންދާއިރު، މިވަގުތު ވެސް އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ރަށުގައި ތިއްބަވައި ވޯޓު ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން، އަދި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ފާހަގަ ކުރެވެ އެވެ.

އެންމެ ފަހުން މިދިޔަ ހުކުރު ދުވަހު ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއުގައި ވެސް ސަރުކާރުގެ އިސްވެރިން ބައިވެރިވެފައި ވެއެވެ. ކޮމަންޑޫ ދާއިރާއަށް ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރޭގައި އެ އަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމާއި، ބިން ހިއްކުމުގެ މަޝްރޫއުތައް އަދި ފުޓްސަލް ދަނޑު ތަރައްގީ ކުރުން ހިމެނެ އެވެ. މިއީ އިންތިހާބަށް ނުފޫޒު ފޯރުވުންކަމަށް ބައްދަލުވުމުގައި ފާހަގަ ކުރުމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ބަޖެޓުގައި ނެތި، މެނިފެސްޓޯއެއް ތަންފީޒު ކުރުމަށް ސަރުކާރުން އިއުލާނު ކުރުމުން އެކަން އިލެކްޝަންސް ކޮމިޝަނަށް ނުހުއްޓުވޭވެނެ ކަމަށެވެ. އަދި އެ މައްސަލަ ބެލޭނެ ޖާގައެއް އޮންނާނީ ރަސްމީކޮށް ލިޔުމުން ހުށަހެޅުމުންކަމަށް ވިދާޅުވި އެވެ.

އެހެންވެ އޭގެ ޖެހިގެން އައި ދުވަހު އިލެކްޝަންސް ކޮމިޝަނާއި ބައްދަލުކޮށް މީޑިއާތަކަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އިންތިހާބުގެ ބައެއް ޝަކުވާތައް ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށެވެ. ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ސަރުކާރުން މަޝްރޫއުތަކެއް އިއުލާނު ކުރަމުން ގެންދާތީ ޝުޖާއު ވަނީ ނުރުހުންފާޅުކޮށް، އެ މައްސަލަ ބަލަން ޖެހޭކަމަށް ވެސް ވިދާޅުވެފަ އެވެ.

“ސަންގު” އިން މިއަދު ސުވާލު ކުރުމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރަސްމީކޮށް އަދިވެސް މައްސަލަ ހުށަހަޅާފައި ނުވާ ކަމަށެވެ. ފުއާދު ވިދާޅުވީ ކޮމިޝަނާއި އަނގަބަހުން އެ ކަންބޮޑުވުން ހިއްސާކުރި ނަމަވެސް، ގާނޫނުގައި އޮތް ގޮތަކީ ލިޔުމުން ޝަކުވާ ހުށަހެޅުން ކަމަށެވެ. ފުއާދު ވިދާޅުވީ ކޮމިޝަން އަމިއްލައިން އެ މައްސަލަ އެއް ނުބެލޭނެ ކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ވިދާޅުވީ ޖިނާއީ ކިތަންމެ ބޮޑު މައްސަލައެއް ފެންމަތިވެ، އެއީ ކުށް ކުރި މީހާކަން ޝައްކެއް ނެތް މިންވަރަށް އެނގެން އޮތަސް ކޯޓަކުން އެ މައްސަލައެއް ބަލާނީ ކަމާއި ބެހޭ އިދާރާއަކުން އެ ކަން ލިޔުމުން ހުށަހެޅުމުން ކަމަށެވެ. އެހެން ކަމުން އިންތިހާބުގެ ޝަކުވާތައް ވެސް ލިއުމުން ހުށަހަޅަން ފުއާދު ވިދާޅުވި އެވެ.

މީގެ އިތުރުން ކޮމަންޑޫ އިންތިހާބުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ވާދަކުރާ ހަންނާން އިދުރީސް އޭނާގެ ކެމްޕެއިން ޖަލްސާގައި ވީ ވައުދުތަކެއްގެ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެއީ އޭނާ ދާއިރާއަށް ހޮވިއްޖެ ނަމަ ދާއިރާގެ ރައްޔިތަކު ކޮންމެ އަހަރަކު ވެސް އުމްރާއަށް ފޮނުވައިދިނުމާއި، އިންޓްރަސްޓަކާއި ނުލައި ލޯނުތައް ދޫކުރުން އަދި އެ ނޫން ވެސް ވައުދުތަކެވެ. އެ މައްސަލައިގައި ވެސް އީސީން ބުނީ، އެކަން ވެސް ބެލޭނީ ރަސްމީކޮށް ލިޔުމުން ޝަކުވާ ލިބުމުން ކަމަށެވެ.

އިންތިހަބުތަކާއި ބެހޭ އާއްމު ގާނޫނުގައި ވާ ގޮތުގައި އިއިންތިހާބަށް އިއުލާންކުރާ ތާރީހުން ފެށިގެން އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރާތާ 30 ދުވަހުގެ ނިޔަލަށް، އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށްޓަކައި އެއްޗެއް ދިނުން ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން ނުވަތަ މިނޫންވެސް މަންފާއެއް ފޯރުކޮށްދިނުން ނުވަތަ މިއިން ކަމެއް ކޮށްދޭނެ ކަމަށް ބުނުން. މިފަދައިން އަމަލުކުރުން ނުވަތަ ކުރަން އުޅުން އެއީވެސް ރިށްވަތުދިނުން ނުވަތަ ރިށްވަތުދޭން އުޅުން ކަމުގައި ބެލެވޭނެއެވެ. އަދި އެއްވެސް އިންތިހާބީ ހައްގެއްގެ ފައިދާ ވަކި ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކިގޮތަކަށް އެފަދަ ހައްގެއްގެ ބޭނުމެއް ކުރީތީ އެއްވެސް އެއްޗެއް ށުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެނޫން ގޮތަކަށް ވިޔަސް ދިނުން. އަދި މިފަދައިން އެއްވެސް އެއްޗެއް ދިނުމަކީ ރިޝްވަތު ދިނުން ކަމުގައި ބެލެވޭނެކަމަށް ވަނީ ބުނެފަ އެވެ.

އެފަދަ އަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 12،000ރ. އާއި 48،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: