ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ކޮމަންޑޫ ގުޅާލަނީ މާލެ ސިޓީ ކައުންސިލަށް ދީފައި އޮތް ބަޖެޓުން 7 މިލިޔަން ރުފިޔާ ނަގައިގެން!

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއަށް ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމަށް ނިންމާ، ދެކޮމަންޑޫ ގުޅާލުމަށް އަޅާ ބްރިޖުގެ ފައިސާ ހަމަޖައްސާފައިވަނީ މާލެ ސިޓީ ކައުންސިލަށް ދީފައި އޮތް ބަޖެޓުން ފައިސާ ނަގައިގެންކަމަށް ތުހުމަތުކޮށްފިއެވެ.

މިއަދު ކުރިއަށްދިޔަ މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ ދެކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ކުރިއަށްގެންދަނީ މާލެ ސިޓީ ކައުންސިލުގެ އިމާރާތެއް އެޅުމަށް ދީފައި އޮތް 18 މިލިޔަން ރުފިޔާގެ ބަޖެޓުން 7 މިލިޔަން ރުފިޔާ ނަގައިގެން ކަމަށެވެ. ޒަމީރު ވިދާޅުވީ މިއީ އެމްޑީޕީ ސަރުކާރަކުން ކުރިކަމުގައިވިޔަސް ބަލައިގަނެވޭވަރުގެ ކަމެއް ނޫންކަމަށެވެ.

ޒަމީރު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީއާއި 65 ގޮނޑި އެމްޑީޕީއަށް ލިބިފައިވާ ކަމަށާއި އެންމެ ގޮނޑިއަކަށްޓަކައި މިފަދަ ގޮތްޮތަށް އަމަލުތައް ބެހެއްޓުމަކީ ބަލައިގަނެވޭ ވަރުގެ ކަމެއްނޫން ކަމަށެވެ. ޚާއްސަކޮށް މާލެ ސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ހައްލުކޮށް ހުރިހާ ހިދުމަތެއް އެއް ތަނަކުން ދިނުމަށްޓަކައި އަޅަންޖެހޭ އިމާރާތް އެޅުމަށް ދީފައި އޮތް ބަޖެޓުން ހަތް މިލިޔަން ރުފިޔާ ނަގައިގެން މިކަންކުރުމަކީ ބަލައިގަނެވޭނެވަރުގެ ކަމެއް ނޫންކަމަށް ޒަމީރު ވިދާޅުވިއެވެ.

” މާލެ ސިޓީ ކައުންސިލްގެ ހިދުމަތްތައް މިދޭންޖެހެނީ ބުޅާ ހަތް ހާއްޔަށް ލާހެން އެކިތަންތަނުގައި” ޒަމީރު

ޒަމީރު ވިދާޅުވީ ޕީޕީއެމްގެ މެޖޯރިޓީއެއް ސިޓީ ކައުންސިލްގައި އޮތުމަކީ ސަރުކާރުން ސިޓީ ކައުންސިލަށް ޖެއްސުން ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި މިކަމުގައި ޕީޕީއެމް މެމްބަރުންނާއި ޚިޔާލު އެއްގޮތްކަމަށް ޒަމީރު ވިދާޅުވިއެވެ. އެގޮތުން މާލެ ސިޓީ ކައުންސިލަށް އާމްދަނީ ލިބެން އޮތް ގޮތްތައް ބަންދުކުރުމާއި މާލެ ސިޓީގެ އިހްތިސާސްގައި ހިމެނޭ ތަންތަން ސިޓީ ކައުންސިލާއި ހަވާނުކުރުމަށް އެދި ސަރުކާރުން ކުންފުނިތަކަށް ސިޓީ ފޮނުވާކަމަށް ޒަމީރު ފާހަގަކުރެއްވިއެވެ.

ޒަމީރު ވިދާޅުވީ މާލެ ސިޓީގެ ރައްޔިތުން ވޯޓުދިނީ ޕީޕީއެމްގެ މެޖޯރިޓާއަކަށް ކަމަށެވެ. އަދި މާލެ ސިޓީގެ މޭޔަރުކަމަށް ޑރ މުހައްމަދު މުއިއްޒު ހޮވުނީވެސް މާލެ ސިޓީގެ ރައްޔިތުންގެ ވޯޓުންކަމަށާއި އެހެންކަމުން ސިޓީ ކައުންސިލްގައި ތިބި އެމްޑީޕީގެ ހަ ކައުންސިލަރުންވެސް ތިބީ ޕީޕީއެމް ކައުންސިލަރުންނާއެކު މަސައްކަތް ކުރުމަށް ތައްޔާރަށްކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުންވެސް މިކަމަށް އެއްބާރުލުން ދިނުމަށް ވަނީ ގޮވާލައްވާފައެވެ.

މިއަދުގެ ސިޓީ ކައުންސިލް ބައްދަލުވުމުގައި ކައުންސިލަރުން ވަނީ މާލެ ސިޓީ ކައުންސިލަށް އިމާރާތެއްގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ. އަދި ސަރުކާރުން މާލެ ސިޓީ ކައުންސިލަށް ޖެއްސުންކުރަމުންދާ ކަމަށާއި އެކަމުގެ ގެއްލުންވަމުންދަނީ މާލެ ސިޓީގެ ރައްޔިތުންނަށްކަމަށް ކައުންސިލަރުން ވަނީ ފާހަގަކުރައްވާފައެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ގޮނޑި މިވަގުތު ހުސުްވެފައިވާއިރ،ު ގޮނޑިއަށް ކުރިމަތިލާފައިވާ ތިން ޕާޓީއިންވެސް އަންނަނީ ވަރުގަދަ ކެމްޕެއިންތަކެއް ކުރަމުންނެވެ. މި ދާއިރާގެ ބައި އިލެކްޝަން އޮތީ އަންނަ ފެބްރުއަރީ މަހުގައެވެ.  ޚާއްސަކޮށް ސަރުކާރުންނާއި އެމްޑީޕީއިން ވަރުގަދަ ކެމްޕެއިންއެއް ކުރަމުން އަންނައިރު މީގެ ތެރޭގައި ރިޔާސީ ވައުދުތައް ފުއްދުމަށް ސަރުކާރުން އަންނަނީ އަހަންމިއްޔަތުކަމެއް ދެމުންނެވެ. ތިން އަހަރުވެގެންދިޔައިރު ފަށާފައިނުވާ ކިތަންމެ މަޝްރޫއެއް ފަށައި އަވަސް ސްޕީޑެއްގައި ނިންމުމަށް އަމާޒު ހިފާފައިވާއިރު މީގެ ތެރޭގައި މިއަހަރު ކުރުމަށް ސީދާ ބަޖެޓް ކުރެވިފައިނުވާ މަޝްރޫއުތައް ހިމެނޭކަން އިދިކޮޅު ޕާޓީތަކުން އަންނަނީ ފާހަގަކުރަމުންނެވެ.

ދެކޮމަންޑޫ ގުޅާލުމުގެ މަސައްކަތުގެ އިތުރުން ކޮމަންޑޫ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަޝްރޫއާއި ކޮމަންޑޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. ކެމްޕެއިނާއި ދިމާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގިނަ އަދަދެއްގެ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ވަޒީރުން ވަނި އެރަށުގައި ހަރަކާތްތެރިވެފައެވެ. މިކަމާއި ގުޅިގެން އެހެން ރަށްތަކުގެ ކައުންސިލަރުން ފަރާތުންވެސް ބޮޑެތި ފާދުކިޔުންތަކެއް އަމަޒުވެފައިވާއިރު ތަރައްގީ ބޭނުންވާނަމަ ދާންވީ ބައި-އިލެކްޝަނަކާއި ދިމާއަށްތޯ ގިނަ ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: