ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަމާލެ ބްރިޖްގެ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް ފަށަނީ

ތިލަމާލެ ބްރިޖު ނިމޭއިރު އޮންނާނެކަމަށް ބެލެވޭ ގޮތުގެ ފޮޓޮއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ގްރޭޓާރ މާލެ ކަނެކްޓިވިޓީ – މާލެ ތިލަފުށި ލިންކް މަޝްރޫޢުގައި ހިމެނޭ މާލެ-ވިލިނގިލި ގުޅާމުގެ ސާވޭއް ފެށުމަށް ހަމަޖެހިއްޖެއެވެ.

ޕްލޭނިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގްރޭޓާރ މާލެ ކަނެކްޓިވިޓީ – މާލެ ތިލަފުށި ލިންކް މަޝްރޫޢު ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރ އެފްކޯންސް އިންފްރާސްޓްރަކްޗަރގެ ފަރާތުން ތައްޔާރުކުރާ ޑީޓެއިލް ޑިޒައިންއަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާރވޭތައް ކުރުމަށް ބައެއް އިކުއިޕްމަންޓްތައް މިއަދުވަނީ ރާއްޖެއަށް ގެނެވިފައި ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މާލެ އަދި ވިލިނގިލީގައި މި ޖިއޯޓެކްނިކަލް ސާރވޭގެ އަމަލީ މަސައްކަތްތައް ފެށިގެންކުރިއަށް ދާނެކަމަށް ވަނީ ބުނެފައެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ. މިކަމުގެ އެއްބަސްވުން ޤާއިމުކުރީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ 26ވަނަ ދުވަހުއެވެ. ސަރވޭގެ މަސައްކަތްތައް މިދިޔަ އަހަރުގެ އޮކްޓޯބަރުން ފަށައިގެން ޢަމަލީގޮތުން ދަނީ ކުރިއަށެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގައި ހިމެނެނީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމުގެ މަސައްކަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: