ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ މިއަދުގެ ޕޮޒިޓިވް ކޭސްތައް 1،200 އިން މައްޗަށް!

ކޮވިޑު ބައްޔަށް ޓެސްޓް ކުރަނީ/ ފޮޓޯ:- ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ކޮވިޑުގެ ހާލަތު ގޯސްވެ، މިއަދު ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1،219 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްްކާގޮތުގައި މިއަދު މުޅި ރާއްޖެއިން ޖުމްލަ 2،137 ޕޮޒިޓިވް ކޭސް ވަނީ ފެނިފައެވެ.

ރާއްޖޭގެ ކޮވިޑް ހާލަތު ބަދަލުވެ ރެޑް އެލާޓަށް ވަނީ ބަދަލުކޮށްފައެވެ.

މާލެ ސަރަހައްދުން 1،219 ކޭސް، އަތޮޅުތަކުން 547 ކޭސް، ރިސޯޓުތަކުން 89 ކޭސް ވަނީ ފެނިފައެވެ.

މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާ ދެމުން ދަނީ 43 މީހަކަށެވެ. އަދި ޖުމްލަ އެކްޓިވް ކޭސްގެ އަދަދަކި 9،574 އެވެ.

މީގެ އިތުރުން ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި 7،171 ސާމްޕަލް ނަގާފައިވާއިރު، މީގެ ތެރެއިން 3361 ސާމްޕަލްއަކީ މާލެ ސަރަހައްދުން ނަގާފައިވާ ސާމްޕަލްއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 36 އިންސައްތައިގައެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ ރެޑް އެލާޓަށް ބަދަލުކޮށްފައިވާއިރުވެސް، ފިޔަވަޅުތައް ވަރުގަދަކުރުމަށް އެއްވެސް ކަމެއް ކުރަމުން ނުދާތީ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: