ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް ވެރިކަން ކުރަން ދިހަ އަހަރު ދޭން ޖެހެނީ ދިވެހިންގެ ހާލަތު ރަނގަޅު ކުރަން: ނަޝީދު

ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ރާއްޖޭގައި ވެރިކަން ކުރުމުގެ އިތުރު ފުރުސަތެއް ދީ، 10 އަހަރު ވެރިކަން ކުރަންޖެހޭކަމަށް ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސްކަން ކުރެއްވި ރައީސް ނަޝީދު މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ޕާޓީން ވާދަކުރާ މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ވެރިކަން ކުރުމުގެ އިތުރު ދައުރެއް އެމްޑީޕީއަށް ދޭން ޖެހޭ ސަބަބެއްކަމަށް ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށެވެ. ދިވެހިރާއްޖޭގެ ޖަޒީރާ ރަށްތަކަށް ދިރުން ގެނެސްދީ، ލާމަރުކަޒު ކުރުމުގެ ވިސްނުން ގެންގުޅޭ ހަމައެކަނި ޕާޓީއަކީ އެމްޑީޕީކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި އެ ޕާޓީގެ ލީޑަރު ބޭނުންފުޅު ވަނީ ބާރުތައް އެއް ސަރަހައްދަޖަށް ޖަމާކުރުން ކަމަށެވެ.

އެއީ އެއްވެސް އަމާޒެއް، ނުވަތަ ދިރުމެއް ވެސް ވިސްނުމެއްގެ ގޮތުގައި ސިފަކޮށް ރައީސް ނަޝިދު ވިދާޅުވީ ރާއްޖެއަކީ ސިންގަޕޫރު ފަދަތަނަކަށް ހަދާނެކަމަށް ބުނެ ދައްކަވަނީ ހިޔާލީ ވާހަކަތަކެއް ކަމަށެވެ. އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި އެއީ މި ރާއްޖެ ހިނގާނެ މަގެއް ނޫނެވެ. އަދި އެމްޑީޕީން އެ ވިސްނުމަށް ޖާގަ ނުދޭނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ހަނަފަސް ތަނަކަށް މީހުން ޖަމާކޮށް، ހަލާކު ކުރުމަކީ އެއީ ތަރައްގީކަމަށް ނުބުނެވޭނެކަމަށެވެ.

އެމްޑީޕީން ފުރަތަމަ ސަރުކާރުގައި ވެސް ތަފާތު ވެރިކަމެއް ދެއްކިކަމަށާއި، ރައްޔިތުންނާއި ހަމައަށް ތަފާތު އެކި ނަންނަމުގައި އިނާޔާތްތަކާއި، ޕެންޝަން އަދި ތައުލީމު އުނގެނުން އާ ހަރުފަތަކަށް ގެންދެވުނުކަމަށް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. އަދި އެމްޑީޕީން ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލެއް ގެނެސް، އެ ބަދަލުތައް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ކުރިޔަށް އޮތް ތަނުގައި ވެސް އެ މަސައްކަތް ކުރެވެން އޮތީ އެމްޑީޕީއަށް ސަރުކާރެއް ހިންގުމަށް ދިގު މުއްދަތެއް ދީގެންކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީއަކީ ބޭސްފަރުވާއަށް ސަލާން ޖެހުން ނައްތާލައި، ފޮތް ލިސްޓަށް ވެސް ސަލާން ޖެހުން ނިމުމަކަށް ގެނައި ޕާޓީކަމަށެވެ.

މިސާލެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ދައުލަތުގެ އާމްދަނީ ހަތަރު ބިލިއަނުން، މިއަދު އަދަދު 26 ބިލިއަނަށް އިތުރުވުމެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން އެ އުންމީދާއި އެއްވަރަށް ބައެއް ކަންކަން ނުކުރެވޭކަން ގަބޫލުކުރައްވާކަމަށެވެ. ނަމަވެސް އެކަމަށް އިތުރު މަސައްކަތްތަކެއް ބޭނުންވާތީ، އެމްޑީޕީއަށް 10 އަހަރު ސަރުކާރެއް ހިންގަން ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖެ ބަދަލު ކުރުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތް ކާމިޔާބު ކުރެވެން އޮތީ އޭރުން ކަމަށެވެ. ރާއްޖޭގެ ރަށްތަކުގެ ބަންދަރު ތަރައްގީ ކުރުމާއި، ނަރުދަމާގެ ނިޒާމު ގާއިމު ކުރުން އެއީ އަންނަ ހެޔޮ ބަދަލެއްކަން ފާހަގަކޮށް ރައީސް ނަޝީދު ވަނީ ހުރިހާ ކަމަކީ ކޮންކްރީޓު ތަރައްގީއެއް ނޫންކަމަށް ވިދާޅުވެފަ އެވެ. ތަރައްގީއަކީ އިންސާނާގެ ވިސްނުމާއި، ފިކުރާއި، އޭގެ ސަބަބުން އަންނަ ރަނގަޅު ބަދަލުތައްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުން މިއަދު ބޭނުންވަނީ ހަމަޖެހޭ ފަސޭހަ ދިރިއުޅުމަކަށްވާއިރު، ހާސްކަމެއް ނެތި ދިރިއުޅެވެން އޮތީ ޖީބަށް ވަންނަ ފައިސާ އިތުރުވާނެ ގޮތެއް މަގުފަހިވެގެންކަމަށާއި، އެ ވިސްނުން އޮތް ހަމައެކަނި ޕާޓީއަކީ އެމްޑީޕީކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިޔަބުނާ ހާލަތު ރަނގަޅު ވުމަކީ ދިވެހިންގެ ދީނުން ދިވެހިން ބޭރު ކޮށް ލާދީނީ ފެތުރުންތަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: