ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގުތުން ނަތީޖާ ލިބޭ ކޮވިޑް އެންޓިޖެން ޓެސްޓް ހަދައިދޭން އެޗްޕީއޭއިން ފަށައިފި

ފްލޫ ކްލިނިކެއްގައި އެޗްޕީއޭގެ އޮފިޝަލުން ހަރަކާތްތެރިވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ގެ ބަލި ހުރިތޯ ބެލުމަށް ހަދާ އެންޓިޖެން ޓެސްޓް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޓެސްޓު ކުރާ ސެންޓަރުތަކުން ހެދޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ރައީސް އޮފީހުން ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަތީޖާ ލިބޭ ކޮވިޑުގެ ރެޕިޑް ޓެސްޓިން ކުރިޔަށް ގެންދާނީ ހެންވޭރު ދަނޑާއި، ސޯޝަލް ސެންޓަރު އަދި ހުޅުމާލޭގެ ރުއްގަނޑު ސަރަހައްދުން ކަމަށެވެ. މާދަމާގެ 03:00 އިން ފެށިގެން މި ސެންޓަރުތައް ހުޅުވާފައި ހުންނާނެ އެވެ.

ބަލީގެ އަލާމާތްތަކާއި އެކު ޓެސްޓު ކުރަން ދާ މީހުންނަށް މި އިންތިޒާމުތައް ހަމަޖެހިފައވާއިރު، މި ކިޓު ބޭނުންކޮށްގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮވިޑުގެ ނަތީޖާ ލިބޭނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރެޕިޑް އެންޓިޖެން ޓެސްޓިންއަށް ހުއްދަ ދިނުމާއި ގުޅޭގޮތުން މިއަދު ހެލްތް މިނިސްޓްރީގައި އޮތް ޕްރެސްގައި ވެސް މައުލޫމާތު ދިނެވެ.

ރާއްޖޭގައި ކޮވިޑު ހުރިތޯ ބެލުމަށް ބޭނުން ކުރަނީ ޕީސީއާރު ޓެސްޓު ކިޓެވެ. ނަމަވެސް އެކަމަށް ގިނަ ވަގުތު ނެގުމާއި، ބެކް ލޮގުތަކުގެ ސަބަބުން ގިނަ ފަހަރަށް ނަތީޖާ ލިބެނީ 2 ދުވަސް ނުވަތަ 3 ދުވަސް ފާއިތުވާފަހުންނެވެ.

ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް މިހާރު ހަދަމުން އަންނަނީ ޕީސީއާރު ޓެސްޓެވެ. ނަމަވެސް އެ ޓެސްޓް ހަދައިގެން ނަތީޖާ ލިބުމަށް ގިނަ ވަގުތު ނަގަ އެވެ. އެހެންވެ، ހަލުއިކޮށް ފެތުރެމުންދާ އޮމިކްރޮން ވޭރިއަންޓާ ގުޅިގެން ބޭރުގެ ބައެއް ގައުމުތަކުގައި ވަނީ ރެޕިޑް ޓެސްޓް ބޭނުންކުރާ މިންވަރު އިތުރުކޮށްފަ އެވެ.

ރާއްޖޭގައި ރެޕިޑް އެންޓިޖެން ޓެސްޓިން ފެށިއިރު ދުނިޔޭގެ އެކި ހިސާބުތަކުގައި މި ކިޓު ބޭނުން ކުރަން ފެށިތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. 15 މިނެޓާއި 30 މިނެޓުގެ ތެރޭގައި ނަތީޖާ ލިބޭ މި ކިޓުތައް ރާއްޖެއިން ބޭރުން ކުޑަ އަގެއްގައި ގަންނަން ލިބެ އެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: