ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ގިސާސް ހިފަން ކެރޭނެ ސަރުކާރެއް އުފައްދާނަން: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ގިސާސް ހިފަން ކެރޭނެ ސަރުކާރެއް އުފައްދާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެއަކީ، ރާއްޖޭގައި ގިސާސް ހިފުމަށްޓަކައި އެކަމުގެ ތައްޔާރީތައް ކުރުމަށް ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ އަމުރު ކުރިތާ އަށް އަހަރު ފުރުނު ދުވަސް ކަމަށެވެ.

އެގޮތުން ފުރާނައެއް ދުއްވާލާ މީހާ ގިސާސް ނުހިފާ ޖަލަށް ލުމަކީ ދައުލަތަށް ލިބިގެންވާ ހައްގެއް ނޫން ކަމަށާއި އެއީ މަރުވިމީހާގެ އާއިލާގެ ހައްގެއް ކަމަށް އުމަރު ވިދާޅުވި އެވެ. އަދި މިއީ އަދުލުވެރިކަން ގާއިމު ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ތަންފީޒު ކޮށްދޭން ޖެހޭ ހުކުމެއް ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

“އިރާދަކުރެއްވިއްޔާ ރާއްޖޭގައި ގިސާސް ހިފަންކެރޭނެ ސަރުކާރެއް އުފައްދާނަން. ގިސާސް އަކީ އެކަމުގައި ދިރުމެއްވާ ކަމެއް” އުމަރު ވިދާޅުވި އެވެ.

އުމަރު މިހެން ވިދާޅުވިއިރު، ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ޝާމިލުވާ މީހުންގެ ކިބައިން މަރަށް މަރު ހިފުމަށް ބޭނުންވާ ކަމަށް އޭނާގެ ބައްޕަ ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: