ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމުރުން 5-11 އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ދޭން ތައްޔާރު ވަނީ!

ސްކޫލު ކުދިންގެ ވެކްސިން ޕްރޮގްރާމްގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

18 އަހަރުން ދަށުގެ އުމުރުފުރާގެ ތެރެއިން 11 އަހަރާއި 05 އަހަރާއި ދެމެދުގެ ކުދިންނަށް ބޭނުންވާ ވެކްސިން ދިނުމަށް ކުރަން ޖެހޭ މަސައްކަތް ފަށާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭގެ އިމިއުނައިޒޭޝަން ޕްރޮގްރަމް ހެޑު ނާޝިއާ އަބްދުލްޣަފޫރު ވިދާޅުވީ، ކުޑަކުދިންގެ ވެކްސިން ޕްރޮގްރާމް މިހާރު ޕްލޭން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކުދިންނަށް ވެކްސިން ދޭނެ ގޮތާއި، އެ އުމުރުގެ ޖުމްލަ ކުދީންގެ އަދަދުތައް ހޯދާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޕީއޭއިން ވާން ޖެހޭ ހުރިހާ ތައްޔާރީތައް ނިމިފައިވާތީ، ވެކްސިން ގެނައުމުގައި ނިންމަން ޖެހޭ ނިންމުންތަކަށް ފަހު ޕްރޮގްރާމް ވީހާވެސް އަވަހަށް ފަށަން ބޭނުންވާކަމަށް ނާޝިއާ ވިދާޅުވި އެވެ.

މިވަގުތު ރާއްޖޭގައި ވެކްސިން ދެނީ 12 އަހަރުން މަތީގެ އެންމެނަށެވެ. އަދި 18 އަހަރުން ދަށުގެ ސްކޫލު ކުދިންގެ ވެކްސިން ޕްރިގްރާމުތައް ހިންގަނީ އެ ސްކޫލުތަކުގައި ސެންޓަރުތައް ގާއިމުކޮށް އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެންނެވެ. މި އުމުރުގެ ސްކޫލު ކުދިންގެ ތެރެއިން 84 އިންސައްތަ ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ.

ރާއްޖޭގައި 18 އަހަރުން ދަށުގެ ކުދިންނަށް ޖަހަނީ ފައިޒާ ވެކްސިނެވެ.

ވެކްސިން ޕްރޮގްރާމުގެ ދަށުން ބޫސްޓާރ ޑޯޒް ދިނުމުގެ މަސައްކަތް ފަށާފައިވާއިރު ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 369،151 އަށް އަރަ އެވެ. އަދި ފުރަތަމަ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދަކީ 397،382 އެވެ.

ބޫސްޓާރ ޑޯޒް ޖަހައިދެނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރިތާ ހަ މަސް ވެފައިވާ މީހުންނަށެވެ. އޭގެތެރެއިން 49،142 މީހަކު ބޫސްޓަރ ޑޯޒް ޖަހާފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: