ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިރިޔާ ވެސް ލަދެއް ހުރި މީހެއް އެމްޑީޕީއަށް ފާޑެއް ނުކިޔާނެ: ޝިއްޕެ

އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަނގަޅު އަދި ހެޔޮ ވިސްނުމެއް ހުރި މީހެއް ވެރިކަން ކުރާ އެމްޑީޕީއަށް އަމާޒުކޮށް ފާޑުކިއުންތައް ނުކިޔާނެކަމަށް ޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ސަރުކާރަށް ތިން އަހަރުވީއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒުކޮށް އެންމެ ގިނައިން ބޭނުން ކުރަނީ މިއީ “ސްލޯ ސަރުކާރެއް” ކަމަށެވެ. އަދި އެ ވާހަކަތަކަށް އެމްޑީޕީގެ މެމްބަރުން އެކި ފަހަރު މަތީން ރައްދު ދީ، މީގެ ކުރިން ދުވަހަކު ވެސް ސަރުކާރަކުން ރާއްޖޭގެ ރަށްތަކަށް ނުދޭހާ ސަމާލުކަން އަތޮޅުތަކަށް ދީފައިވާކަމަށް ބުނެ އެވެ. އަދި ބާރުތައް އެތަނަކަށް ޖަމާ ކުރުމުގެ ބަދަލުގައި އެމްޑީޕީން ގެންގުޅެނީ، ލާމަރުކަޒު ކުރުންކަން ވަނީ ފާހަގަކޮށްފަ އެވެ.

އެމްޑީޕީގެ ސަރުކާރަށް އަމާޒުކުރާ ފާޑުކިއުންތަކަށް ރައްދު ދީ ޝިފާޒް މީގެ ކުރިން ވެސް ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވި އެވެ. އެގޮތުން ރާއްޖެއަށް ނަރުދަމާގެ ނިޒާމެއް ތައާރަފުކޮށް، ބޭސްފަރުވާ އާއި ފޮތް ލިސްޓަށް ސަލާން ޖެހުން ނައްތާލި ޕާޓީއަކީ އެމްޑީޕީކަމަށް ޝިފާޒް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ހަރަކާތްތައް ފޯރިއާއި އެކު ކުރިޔަށްދާއިރު އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ޝިފާޒް ވިދާޅުވީ އެމްޑީޕީން ރާއްޖެއަަށް ގެނައި ބަދަލުތަކާއި މެދު ބައެއް މީހުން ސުވާލު އުފައްދާތީ ހައިރާންވާ ކަމަށެވެ.

މީގެ ކުރިން ވެސް ދެއްކެވި ވާހަކަތައް ތަކުރާރުކޮށް ޝިފާޒް ވިދާޅުވީ، ނަރުދަމާއަކީ މީގެ ކުދިން ދިވެހިން ދަންނަ ބަހެއް ނޫންކަމަށާއި، އެ ބަސް ދިވެހިންނަށް ތައާރަފުކޮށް މުޅި ރާއްޖެއަށް އެ ހިދުމަތް ފެށީ ވެސް އެމްޑީޕީން ކަމަށެވެ. އަދި ފޮތް ލިސްޓަށް ސަލާން ޖެހުން ނިމުމަކަށް ގެނެވުނު މަސައްކަތުގެ ފަށުން ފޮތް ލިސްޓުގައި ވާ ތަކެތި ހިލޭ ކުރުމާއި އެކު މިއަދު އެމްޑީޕީގެ ސަރުކާރުން ހިލޭ ޑިގްރީ ޕްރޮގްރާމް ތައާރަފުކޮށްފައިވާކަމަށް ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ އިޖްތިމާއީ ރައްކާތެރިކަމާއި ގުޅުން ހުރި އެތައް ސިޔާސަތުތަކެއް އެމްޑީޕީން ތައާރަފުކުރިކަމަށާއި، އެމްޑީޕީން ކުރި ޕްރެޝަރުތަކުގެ ސަބަބުން ބައެއް ސަރުކާރުތަކުން އެ ސިޔާސަތުތައް ތަންފީޒުކޮށްފައި ވެސް އެބަހުރި ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި ދިވެހި ރައްޔިތުންނަށް އުފާވެރި ހެޔޮ ދިރިއުޅުމެއް ގެނެސްދިންކަން ފާހަގަކޮށް ޝިފާޒް ވިދާޅުވީ، މިއަދު ތައުލީމަށް ރާއްޖޭގައި އެއްވެސް އަގެއް ނުނަގާނެ ކަމަށެވެ. ތައުލީމު އުނގެނި ކުރިޔަށް ދާން ބޭނުންވާ ޒުވާން ކުދިންނަށް މިއަދު އެ ފުރުސަތު އެމްޑީޕީން ހޯދައިދީފައިވާކަމަށް ޝިފާޒް ވިދާޅުވި އެވެ.

“ހެޔޮ ނުވާނެ މި ޕާޓީއާއި ދިމާއަށް އެއްޗެހި ކިޔާން، ލަދެއް ހަޔާތެއް ހުރި ނަމަ މި ޕާޓީއާއި ދިމާއަށް އެއްޗެއްސެއް ނުކިޔާނެ” ޝިފާޒް

މީގެ އިތުރުން ޝިފާޒް ވަނީ އާސަންދައިގެ ނިޒާމު މެދުވެރިކޮށް ހިލޭ ބޭސްފަރުވާގެ ހިދުމަތް ލިބުމާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. ޝިފާޒް ފާހަގަ ކުރެއްވީ އެއީ ރައްޔިތުންނަށްޓަކައި ސަރުކާރުން އުފުލަމުންދާ ބޮޑު މާލީ ބުރައެއްގެ ގޮތުގައެވެ. އަދި މިއީ އުމްރާނީ ތަރައްގީތަކަށް ވެސް ކުރެވޭނެ ހަރަދުތަކެއްކަމަށް ވިދާޅުވި އެވެ. ނަމަވެސް އެމްޑީޕީއަށް މުހިންމީ ދިވެހިންނަށް ހިތްހަމަޖެހޭ ދިރިއުޅުމެއް ގެނެސްދިނުންކަމަށް ޝިފާޒް ވިދާޅުވި އެވެ.

ހެޔޮ ވިސްނޭ، ރަނގަޅު މީހެއް އެމްޑީޕީއަށް ފާޑުކިޔައި ބަހުގެ ހަމަލާތައް ނުދޭނެކަމަށް ޝިފާޒް ވިދާޅުވި އެވެ. އަދި އެމްޑީޕީއަށް ވޯޓު ދިނުން ނޫން ގޮތެއް ދިވެހި ރައްޔިތުންނަށް ނެތްކަމަށް ވެސް ވިދާޅުވެ ޝިފާޒް ވާހަކަ ދެއްކެވި އެވެ

އަންނަ މަހުގެ ފަހެއްގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވާއިރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ އިތުރުން ވާދަކުރަނީ އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މޫސާ ފަތުހީ އާއި، އެމްއެންޕީއިން އަބްދުލް ހަންނާން އިދްރީސެވެ.

އިންތިހާބާއި ދިމާކޮށް ސަރުކާރުގެ އިސްވެރިންނާއި، ވަޒީރުން އަދި މަޖިލީހުގެ އެމްޑީޕީ މެމްބަރުން ތިއްބެވީ ކޮމަންޑޫގަ އެވެ. އަދި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތާއި، ޖުމްހޫރީ ޕާޓީން ވެސް ތާއީދު ކުރަނީ އެމްޑީޕީގެ ކެނޑިޑޭޓަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: