ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްއީއޯސީން މެޑިކަލް އޮފިސަރުންނާއި، ސާމްޕަލް ނަގާނެ މުވައްޒަފުން ހޯދަނީ!

ސާމްޕަލް ނެގުމުގެ މަސައްކަތް ކުރުމުގައި ފުލުހެއް ހަަރަކާތްތެރިވަނީ/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑުގެ ހާލަތު ރާއްޖޭގައި ގޯސްވެ، ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އަށް އިތުރު މުވައްޒަފުން ހޯދުމަށް އިއުލާނުކޮށްފި އެވެ.

އެޗްއީއޯސީގެ އިއުލާނުގައި ސާމްޕަލް ނެގުމަށާއި، އަދި މެޑިކަލް އޮފޮސަރުން އަދި ސަޕޯޓް ސްޓާފުން ބޭނުންވާކަމަށް ވެއެވެ. އެއީ ސާމްޕަލް ނަގާ 60 މީހަކާއި، 10 މެޑިކަލް އޮފިސަރުން، އަދި ސަޕޯޓް ސްޓާފުންގެ ގޮތުގައި 10 މީހުންނެވެ.

މުވައްޒަފުން އިތުރަށް ނަގާ ސަބަބެއްގެ ގޮތުގައި އެޗްއީއޯސީން ބުނީ، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ތިބޭ ބަލިމީހުންނާއި ކޮންޓެކްޓުވެގެން ކަރަންޓީނުކޮށްފައިވާ މީހުންނަށް އޮންލައިން ކޮންސަލްޓޭޝަން ހަދައި، އެ މީހުންނަށް ފަރުވާދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ވަގުތީ ގޮތުން މަސައްކަތް ކުރުމަށެވެ.

ސާމްޕަލް ނަގާ މުވައްޒަފުންނާއި، އަދި ސަޕޯޓް ސްޓާފުންގެ މުސާރައެއްކަމަށް އެޗްއީއޯސީން ބުނެފައިވަނީ 7،500 އެވެ. އަދި މެޑިކަލް އޮފިސަރެއްގެ މުސާރައަކީ 24،240 އެވެ. މި މުވައްޒަފުންތައް މަސައްކަތް ކުރަން ޖެހޭނީ 06 މަސް ދުވަހަށެވެ.

އިތުރު މުވައްޒަފުން ނެގުމަށް އިއުލާނު ކުރިއިރު މީގެ ކުރިން ދަރުބާރުގޭގައި މަސައްކަތް ކުރި ކުދިންނަށް އެލަވަންސް ނުދޭކަމުގެ މައްސަލަ ވަނީ ފެންމަތިވެފަ އެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވާއިރު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދުވާލަކު ދެ ހާހުން މައްޗަށް އަރަ އެވެ. ކޮވިޑުގެ ހާލަތު ރާއްޖޭގައި ގޯސްވެފައި މިވަނީ އޮމިކްރޯންގެ ސަބަބުންނެވެ. އަދަދުތައް އިތުރެވެ، އާއްމުންގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެފައިވީ ނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: