ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ އަހަރު އެސްޓީއޯއަށް 10 ބިލިއަން ރުފިޔާގެ އާމްދަނީއެއް

އެސްޓީއޯ. ފޮޮޓޯޯ:އެެޑިިޝަންްއެެމްްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހިއްސާއަކަށް ޖެހޭ ވަރު އިތުރުވެ، ތެލާއިި އިމްޕޯޓު މުދަލުގެ ވިޔަފާރި ކުރާ ސަރުކާރުގެ ކުންފިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އަށް މިދިޔަ އަހަރު 10 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

އެސްޓީއޯއިން މިއަދު އާންމުކުރި އެ ކުންފުނީގެ އޮޑިޓު ނުކުރާ ފަހު ކުއާޓާ ރިޕޯޓު ދައްކާ ގޮތުން، އެ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.3 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރ އާއި އަޅާ ބަލާއިރު 31 އިންސައްތައިގެ ކުރިއެރުމެކެވެ.

އެކުންފުނިން ކުރަމުން ގެންދާ ވިޔަފާރިތައް ރަނގަޅުވުމާއިއެކު 2021 ވަނަ އަހަރުގެ އެއް ކުއާޓަރ އިން އަނެއް ކުއާޓަރ އަށް ޖުމްލަ އާމްދަނީ ވަނީ އިތުރުކުރެވިފައެވެ. އެހެންކަމުން 2021 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 10 ބިލިއަން ރުފިޔާ ލިބިފައެވެ.މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލައިއިރު 41 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެ މައިގަނޑު ސަބަބަކީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިތުރުވުމާއި އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި ބަލައި 26 އިންސައްތަ އިތުރުވެފައިވުމެވެ. އަދި ހަމަމިއާއެކު، ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތަށް ކުރިއަރާ މި ވިޔަފާރިތަކުން ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.

ކުންފުނީގެ ޖުމްލަ އާމްދަނީ އިތުރުކުރެވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 1.5 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި ހަތް އިންސައްތައިގެ ކުރިއެރުމެކެވެ. ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ހަރަދު އެއްވަރެއްގައި ހިފެހެއްޓުމާއިއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 628 މިލިއަން ރުފިޔާ ލިބިފައެވެ. އަދި ފައިނޭންސް ކުރުމުގެ ހަރަދުވަނީ 20 މިލިއަން ކުޑަކުރެވިފައެވެ.

ޓެކްސްއަށް ކެނޑުމަށްފަހު މިކުއާޓާރގެ ސާފު ފައިދާއަކީ 131 މިލިއަން ރުފިޔާއެވެ. ޓެކުހަށް ކެނޑުމުގެ ކުރިން، މުޅި އަހަރުގެ ސާފުފައިދާގެ ގޮތުގައި ވަނީ 571 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި 32 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ، މަތީގައި ބަޔާންކުރެވުނު ފަދައިން، ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއިއެކު ހިންގުމުގެ ހަރަދު އެއްވަރެއްގައި ހިފެހެއްޓުމާއި ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވުމެވެ. ޓެކްސްއަށް ކެނޑުމަށްފަހު މިއަހަރުގެ ސާފު ފައިދާއަކީ 478 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަަލާއިރު 33 އިންސައްތައިގެ ކުރިއެރުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: