ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަން ހައްލު ކުރަން މި ސަރުކާރުން މަސައްކަތެއް ނުކުރޭ: މުއިއްޒު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ސަރުކާރާއި އެކު މަޝްވަރާ ކުރި ނަމަވެސް ހައްލެއް ނުލިބެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކަމާ އަޅާނުލާތީކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކޮށްދޭން އެދި ސަރުކާރަށް ހުށަހަޅާތާ 08 މަސްވެފައިވާކަމަށެވެ. މުއިއްޒު ވިދާޅުވީ ގުޅީފަޅާއި ހުޅުމާލޭގެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލީގެ އަގު ކުޑަކުރުމަށް ހުށައެޅުމުން އަގު ކުޑަކޮށް، ގްރޭސް ޕީރިއަޑަށް އެއްވެސް ބަދަލެއް ނުގެނެވޭނެކަމަށް ސަރުކާރުން އަންގާފައިވާ ކަމަށެވެ.

ކުރީގެ ހައުސިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ މުއިއްޒު ސަރުކާރަށް ހުށަހެޅުއްވީ ގްރޭސް ޕީރިއަޑް 08 މަސް ދުވަހަށް ކުޑަކޮށްދެއްވުމަށެވެ. ނަމަވެސް އެކަމަށް ސަރުކާރުން އިންކާރުކޮށް ބުނީ، މިދިޔަ ސަރުކާރުން ހިޔާ ފްލެޓުތަކުގެ ފިނިޝިންގެ މަސައްކަތްތަކަށް އެއްވެސް ފައިނޭންސްއެއް ހަމަޖައްސާފައި ނުވުމުގެ ސަބަބުން، ފްލެޓުތައް ނިންމުމަށް ސަރުކާރަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް އިތުރަށް ހައްލު ހޯދުމަށް މާލޭގައި 2000 ހައުސިންގ ޔުނިޓް އަދި ވިލިމާލޭގައި 500 ހައުސިންގ ޔުނިޓް އެޅުމަށް ޕްލޭން ކުރެވިފައި ވާނެ ކަމަށާއި އެ ފްލެޓްތައް އަޅާނެ ތަނެއް ކަނޑައެޅުމަށް ލޭންޑް ޔޫސް ޕްލޭނެއް ހެދި ފްލެޓް އަޅާނެ ތަންތަން ފާހަގަ ކުރެވި ސަރުކާރަށް ހުށައެޅިފައިވާކަމަށް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް އޮފީހަށް ހުށަހެޅި ލޭންޑްޔޫސް ޕްލޭންގައި ފާހަގަ ކުރެވިފައިވާ ފްލެޓްތައް އެޅުމަށް ފައިސާ ހޯދުމަށް ރަޖިސްޓްރީ ކުރުމަށް ހުށައެޅި ކުންފުނި ރަޖިސްޓާނުކޮށްދީ އެތައް މަހެއް ސަރުކާރުން ހޭދަކޮށްފައިވާކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މިއީ ބޯހިޔާވަހިކަމުގެ މައްސައްލަތައް ހައްލު ކުރުމަށް އޮތް ވަރަށް ބޮޑު ހުރަހެއްކަން ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ބައްދަލުވުމުގައި ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މާލޭ ރައްޔިތުންގެ ގެދޮރުގެ ދަތިކަން ހައްލުކޮށްދޭން ޖެހޭނީ މާލެ ސިޓީ ކައުންސިލަށް ކަމަށެވެ.

މާލެ ރައްޔިތުންނަށް ލިބިފައިވާ ބިންކޮޅު ނުވަތަ ބިން ދޫކޮށްލުމުން ހުޅުމާލެ ނުވަތަ މާލެއިން ވެސް ގޯތި ގަތުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ފަހި ވާން ޖެހޭނެ ކަމާއި ނަމަވެސް އެކަން ކުރުމަށް ހުރަސްތައް ކުރިމަތިވަނީ ހައުސިންގ މިނިސްޓްރީން އެކަމަށް އެއްބާރުލުން ނުދޭތީކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޑީސީން ފްލެޓް ވިއްކުމުގައި މިހާރު އަމަލު ކުރަމުންދާ އުސޫލަށް ފާޑުވިދާޅުވެ ޝުޖާއު ވަނީ ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތައް އާންމުންނަށް ގަނެވޭ ފަދައިން ހަމަހަމަ އުސޫލަކުން މާލޭގެ ރައްޔިތުންނަށް ފަހިކުރުމަށް ގޮވާލާފަ އެވެ.

މި ކަން ހައްލުކުރުމަށް މެމްބަރ ޝުޖާ ވަނީ ތިން ހުށައެޅުމެއް ހުށައަޅުއްވާފައެވެ. އެއީ:

1.މާލޭގެ ރައްޔިތުންނަށް މާލޭއިން ގޯތި ގަންނަން ލިބެން ޖެހޭނެ ކަމަށް ގޮވާލާ ހުށައެޅި ހުށައެޅުން.

2. މާލޭގެ ރައްޔިތުންގެ ތެރެއިން ކުދި ބިންކޮޅު ދޫކޮށްލާ މީހުންގެ ތެރެއިން ހުޅުމާލެއިން ގޯތި ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވާލުން.

3. ގުޅިފަޅުގެ މައްސަލައިގައި ހައުސިންގ މިނިސްޓްރީ އާއި ދެކޮޅަށް ކޯޓަށް ދިއުން.

މި ހުށައެޅުންތަކާއި އެކު ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ދަތި ތަކާއި ކުރިމަތިވަނީ ހައުސިންގ މިނިސްޓްރީ އިން އެކަމާއި ގުޅޭ ބާރު ސިޓީ ކައުންސިލަށް ދީފައި ނުވާތީ ކަމުގައެވެ.

ސަރުކާރުން ބޯހިޔާވަހިކަމަށް ވީ ވަޢުދު ފުއްދުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އައި ނަމަވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމާއި ދެކޮޅަށް އެކި އެކި ބަހުސްތައްކޮށް ތަފާތު ހިޔާލުތައް ފާޅުކުރަމުންނެވެ.

ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލު ކުރުމަށް ހުޅުމާލޭގެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތަކަށް ގިނަ އާއިލާތަކުން ވަނީ ދިރިއުޅުން ބަދަލު ކުރަން ފަށާފަ އެވެ. އަދި ސަރުކާރުން ވަނީ އެ ސަރަހައްދުގައި މިސްކިތެއް އެޅުމަށާއި، އަދި ސްކޫލެއް އެޅުމަށް ކޮންޓްރެކްޓަރަކާއި ހަވާލުކޮށްފަ އެވެ.

މީގެއިތުރުން ހުޅުމާލެއިން ބިން ދޫކުރުމަށް ކުރެވުނު ބަހުސްތައް ހޫނުވެ، އެންމެ ފަހުން އެޗްޑީސީން ވަނީ ބިން ވިއްކާނީ ހަމައެކަނި މާލޭގެ ރަށްވެހިންނަށްކަމަށް ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: