ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖާހިލިއްޔަ ވިސްނުމުގެ ތެރެއަށް ވައްޓާލުމުގެ ފުރުސަތު ނުދީ، ވޯޓު ދޭންވީ އެމްޑީޕީއަށް: ޝިއްޕެ

އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު ޝިފާޒް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރަށްތަކަށް ރައްޔިތުން ބޭނުންވާ އިޖްތިމާއީ ތަރައްގީ އާއި ހެޔޮ ބަދަލު ގެނެސްދިނުމުގެ ވިނުމެއް އޮތް ހަމައެކަނި ޕާޓީއަކީ އެމްޑީޕީކަމަށް ޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެ އެވެ.

މަރޮށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ ތިލަފަތަށް ވޯޓު ދިނުމަށް ރައްޔިތުން މިއަދު ތިބީ އާދަވެފައި ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ދިވެހިރާއްޖޭގެ މާލިއްޔަތަށް ބޮޑުތަނުން އިހުމާލުވެ، އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ފެއިލްވި ވެރިއެއްކަމަށް ޝިފާޒް ވިދާޅުވި އެވެ.

ށ. މަރޮށީގައި ރޭ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާޒު ވިދާޅުވީ އެމްޑީޕީއަށް ލިބެން އޮތް އެއްވެސް ވޯޓެއް ގުޑާލުމުގެ ފުރުސަތު ދީގެން ނުވާނެކަމަށެވެ. އެމްޑީޕީ އުފެދި މިއަދާއި ހަމައަށް ރައްޔިތުން ވޯޓުދިނީ ތިލަފަތަށްކަމަށާއި، އެމްޑީޕީ މެމްބަރުންގެ އަތަށް ވޯޓު ކަރުދާސް ލިބުމަށް ފަހު އެ ޕާޓީ ނޫން ދެން ތިބީ ކޮން ބައެއްތޯ އާއި އެ މީހުންގެ އާއިލާއާއި އެ މީހަކު ހުންނަ ގޮތެއް ނުވަތަ އެ މީހަކު ނިސްބަތްވަނީ ކޮން އާއިލާއަކަށް ތޯ ވެސް ނުވިސްނާނެކަމަށް ޝިފާޒް ވިދާޅުވި އެވެ.

ރައްޔިތުން 15 އަހަރު ދުވަސް ވަންދެން ކުރި މަސައްކަތަކީ ބޭކާރު މަސައްކަތަކަށް ވިޔަ ނުދެއްވުމަށް، ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް މިފަހަރު ވެސް ދިނުމަށް ޝިފާޒް ގޮވާލެއްވި އެވެ.

 

ރާއްޖޭގައި ހުރި އެތައް އިޖްތިމާއީ މައްސަލަތަކެއް ހައްލު ކުރުމަށް މަސައްކަތް ކުރި ޕާޓީއަކީ އެމްޑީޕީކަން ފާހަގަ ކުރައްވައި ޝިފާޒް ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރައްޔިތުންނާއި ހަމައަށް ބަދަލެއް ގެނެސްދޭ ކަމަށެވެ. އެގޮތުން މީގެ ކުރިން ފޮތް ލިސްޓަށް ސަލާން ޖެހި ނަމަވެސް މިއަދު އެ މަންޒަރު ނުފެންނަކަމަށާއި، ޕާޓީގެ ފުރަތަމަ ވެރިކަމުގައި ފޮތް ލިސްޓު ހިލޭ ކުރުމަށް ފަހު މި ވެރިކަމުގައި ތައާރަފު ކުރީ ހިލޭ ޑިގްރީ ޕްރޮގްރާމުކަމަށް ޝިފާޒް ވިދާޅުވި އެވެ.

“މިއަދު ކިތަށް މައިންގެ ދަރިންތޯ ފަސްޓް ޑިގްރީއަށް އެ ކިޔަވަނީ.. މި ދާއިރާގައި ވެސް ސަތޭކަ އެތައް ކުދިންނެއް އެބަ ކިޔަވާ… މިއީ ކޮން ސަރުކާރަކުން ކޮން އިރަކު ގެނައި ވިސްނުމެއް… މިއީ އެމްޑީޕީ އުފެދި ތިބޭފުޅުން ކުރި މަސައްކަތުން އައި ހިސާބުން… އެހެންވީމަ ބަޔަކު އަލުން ޖާހިލިއްޔަ ވިސްނުމުގެ ތެރެއަށް ވައްޓާލުމަށް ކުރާ މަސައްކަތަށް ފުރުސަތު ނުދެއްވާ” ޝިފާޒް

ޝިފާޒް ވިދާޅުވީ އުމުރުން ދުވަސްވީ ފަރާތްތައް ދިރިއުޅެމުން ދިޔަ ހިތްދަތި ދިރިއުޅުން އުފާވެރިކަމަށް ބަދަލު ކުރީ އެމްޑީޕީން ކަމަށެވެ. އެނާ އެ އިޝާރާތް ކުރެއްވީ އުމުރުން ދުވަސްވީ ފަރާތްތަކަށް އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ގެނައި އެލަވެންސެވެ.

އެމްޑީޕީން މީގެ ކުރިން ވެސް ބޭއްވި ޖަލްސާއެއްގައި ޝިފާޒް ވަނީ، ރާއްޖެއަށް ނަރުދަމާގެ ނިޒާމު ތައާރަފުކޮށް އެއީ އަސާސީ ހިދުމަތެއްގެ ގޮތުގައި ހެދީ އެމްޑީޕީންކަން ފާހަގަ ކުރައްވާފަ އެވެ. އަދި ރައްޔިތުން އެދޭ ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތް ކުރި ހަމައެކަނި ޕާޓީއަކީ އެމްޑީޕީއަށްވާއިރު، މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނުވަތަ ޕާޓީއަކުން އެފަދަ ވިސްނުމެއް ގެންގުޅެފައި ނުވާނެކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް، އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ވަނީ ވަރުގަދަކޮށްފަ އެވެ. އަދި ދާއިރާގައި މިވަގުތު ގިނަ މަޝްރޫއުތަކެއް ހިންގަމުންދާއިރު މިއީ އިންތިހާބަށް ފޯރުވާ ނުފޫޒެއްގެ ގޮތުގައި ފާހަގަކޮށް އިދިކޮޅުން ވަނީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: