ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިންޑިއާ އައުޓް” ހަރަކާތް ހުއްޓުވާ ބިލަކީ ގައުމަށް ލޯ އަޅާ މީހުންނަށް ހުޅުވާދިން ދޮރެއް: ޝިޔާމް

އިދިކޮޅުން ކުރިޔަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަރާތުން އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ޖަލު ހުކުމުގެ އަދަބު ލިބޭ ޤާނޫނެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ތައްޔާރުވަމުން ދާތީ އެކަމަކީ ޤާނޫނު އަސާސީއާ ހިލާފުކަމެއް ކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ޑްރާފްޓް ކޮށްފައިވާ ބިލު، “ދިވެހިރާއްޖެއިން ބޭރު ޤައުމުތަކާއެކު ޤާއިމްކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެފަދަ ޢަމަލުތައް ހުއްޓުބުމުގެ ޤާނޫނު” އާއި ގުޅޭގޮތުން “ސަންގު” އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިކަމަކީ ޤައުމުގެ މިނިވަންކަން ނަގާލުމަށް ބަޔަކު ލޯއަޅަމުން ދާ ދަނޑިވަޅުގައި އެފަދަ ބަޔަކަށް ހުޅުވާލެވުނު ވަރަށް ބޮޑު ދޮރެކެވެ.

ޕީޕީއެމުން އަންނަނީ އިންޑިއާ އައުޓްގެ ނަމުގައި ހަރަކާތްތަކެއް މާލެއިން ފެށިގެން އަތޮޅު ތެރޭގައި ބާއްވަމުންނެވެ. އަދި މި ހަރަކާތްތަކުގައި ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުންނާއި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ވެސް ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އަދި އެ ހަރަކާތް ހުއްޓުމަށް މި ސަރުކާރުގެ އިސްވެރިން އަންނަނީ ތަފާތު އެކި އެކި ޕޯޑިއަމް ތަކުގައި ގޮވާލާ އެކަން ނުކުރުމަށް ޕީޕީއެމަށް ގޮވާލަމުންނެވެ.

އެގޮތުން ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީގެ ލީޑާޝިޕްގެ ބަައެއް ބޭފުޅުން ވަނީ އިންޑިއާ އައުޓަށް ނުގޮވޭނެ ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވަމުންނެވެ. އަދި ކުރިން ރައީސްކަން ކުރެއްވި ބޭފުޅަކު އިންޑިއާ އައުޓް ޖެހި ޓީޝާޓް ތުރުކުރެއްވުމަކީ ލަދުވެތި ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

“ދިވެހިރާއްޖެ އިން ބޭރު ގައުމުތަކާއި އެކު ގާއިމްކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެފަދަ ޢަމަލުތައް ހުއްޓުވުމުގެ ގާނޫނު” ގައިވާ މަގްސަދު ތަކުގެ ތެރޭގައި:

ދިވެހިރާއްޖެއިން ބޭރުގެ ގައުމުތަކާއެކު ގާއިމްކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ ޢަމަލުތައް ހުއްޓުވުމާއި، އެފަދަ އަމަލުތަކުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ގައުމު ސަލާމަތްކުރުމާއި އެކު ބޭރު ޤައުމުތަކުގެ ޢިއްޒަތާއި ޤަދަރަށް ބުރޫއަރާފާނެ އެންމެހައި އަމަލުތައްކުރުން ހުއްޓުވުން ހިމެނެ އެވެ. އަދި ބޭރުގެ ގައުމުތަކާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކާއި މެދު އަޅާނެ ގާ ނޫނީ ފިޔަވަޅު ކަނޑައެޅުމާއި ކަނޑައެޅިފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ އަދަބު ދިނުން ހިމެނެއެވެ.

އެގޮތުން ދިވެހިރާއްޖެ އިން ބޭރުގެ ގައުމަކާއިއެކު ގާއިމްކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރެއް ކުރާނެ ފަދަ އަމަލެއް ކޮށްފި މީހެއްގެ އަދަބަކީ އެ އަމަލެއްގެ ކުޑަ ބޮޑު މިނަށް ބަލައި ގިނަވެގެން 20،000 (ވިހި ހާސް) ރުފިޔާއިން ޖޫރިމަނާކުރުން ނުވަތަ 1 އަހަރު ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ގޭބަންދުކުރުން ނުވަތަ 6 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: