ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ހުކުމް އިއްވުން ފަސް މަސް އަވަސްކޮށްފި

ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ރައީސް ޔާމީން މިނިވަން ކުރުމުން، ސަޕޯޓަރުން އުފާ ފާޅުކުރަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ހުކުމް އިއްވުން ކުރިން ބުނި ތާރީހަށް ވުރެ ފަސް މަސް އަވަސްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ ތާވަލެއް ހަދާ ކުރިން އޮތީ އެކަން ޝަރީއަތުގެ މަޖިލީހާ ހިއްސާކޮށްފަ އެވެ. އެ މައްސަލައިގައި އެންމެ ފަހުން ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މައްސަލައިގައި ހުކުމް ކުރާނީ ނޮވެމްބަރު 30ގައި ކަމަށެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ބުނީ އެންމެ ފަހުން އާރަށު މައްސަލައިގައި ބޭއްވި އަޑުއެހުމުގައި އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވެދެއްވި ތާވަލަށް ބަދަލުގެނެސް އެކަން މިހާރު އެބޭފުޅުންނަށް އަންގަވާފައިވާ ކަމަށެވެ.

އެގޮތުން ހުކުމް އިއްވުމަށް މިހާރު ތާވަލުކޮށްފައި ވަނީ މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހަށް ކަމަށް ވަކީލުންގެ ޓީމުން ބުނެއެވެ.

ރައީސް ޔާމީންގެ ޝަރީއަތް ލައިވް ކޮށްދިނުމަށް އެމަނިކުފާނު ކުރިން ވަނީ އެދިލައްވައިފައެވެ. އެކަމާ ގުޅިގެން އިސް ގާޒީ ވިދާޅުވީ ޝަރީއަތް ލައިވްކޮށް ދެއްކޭނެ ވަސީލަތްތައް މި ވަގުތު ކޯޓުގައި ނެތް ކަމަށާއި އެހެންވެ، އެ ޝަރީއަތް މި ވަގުތު ލައިވް ނުކުރެވޭނެ ކަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: