ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ނެތޭ މިހާރު ނުބުނެވޭނެ: އާޒިމް

އެމްޓީސީސީ ގެ ސީއީއޯ އާސަމް އާޒިމް/ ފޮޓޯ:- އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް ފުރުސުތައް ނެތްކަމަށް ނުބުނެވޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިހެން ވިދާޅުވީ މިއަދު އެމްޓީސީސީގެ ފަރާތުން ވަޒީފާ ތަކަށް ޒުވާނުން އަހުލުވެރި ކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ހުނަރުވެރި އެޕްރެންޓިސް ޕްރޮގްރާމާއި ގުޅޭ މައުލޫމާތު މީޑިއާތަކާއި ހިއްސާ ކުރެެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވި ގޮތުގައި މި ޕްރޮގްރާމަކީ އެކި ކުއާޓަރ ތަކަކަށް ބަހާލައިގެން ބާއްވަމުން އަންނަ 3 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާނެ ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމުގެ މިއަހަރުގެ ފުރަތަމަ ކުއާޓާގެ އޯޕަންޑޭ އަންނަ ފެބްރުއަރީ މަހުގެ 4 އިން 6 އަށް ހދ. ކުޅުދުއްފުށި، ލ. ފޮނަދޫ އަދި މާލެ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޖުމްލަ 140 ވަޒީފާ ހިމެނިގެން އެކުލަވާލެވޭ ވަޒީފާތަކުގެ ތެރޭގައި ބަސް ޑްރައިވަރުންނާއި، އެކްސްކަވޭޓަރ އޮފަރޭޓަރުންނާއި، ކެރޭން އޮޕަރޭޓަރުންނާއި، ލޯޑަރ އޮޮޕަރޭޓަރުންނާއި، ސައިޓް ސުޕަވައިޒަރުން، ވެލްޑަރުން، މެރިން މެކޭނިކުންނާއި ޓަގް މެކޭނިކުންގެ އިތުރުން ޓިންކަރުން ނެވެ.

ވަޒީފާގައި މަސައްކަތް ކުރާ ފަރާތްތަކަށް 5،000 ރުފިޔާ ލިބޭ މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ވީހާވެސް ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުން ކަމަށާއި މުސްތަގުބަލުގައި އެމްޓީސީސީގެ ވަޒީފާތަކަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުން ކަމަށެވެ.

ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމާއި ސިޓީ ހުށައަޅާނީ info@mtcc.com.mv އަށް ކަމުގައި އާޒިމް ދެންނެވިއެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު މާކްސް ހޯދާ ފަރާތްތަކަށް ވަގުތުން ވަޒީފާ ހަމަޖެހޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

ސަރުކާރުން ގެންގުޅޭ އެކަކުވެސް ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން އަންހެނުން ބާރުވެރި ކުރުމުގެ ގޮތުން އެމްޓީސީސީގެ ބަސް އެޓެންޑެންޓުންނަށް ގިނަ އަންހެން ކުދިން ކުރިމަތިލުމަށާއި ވަޒީފާއަށް އަންހެން ކުދިން ނެގުމުގައި އިސްކަންދޭނެ ކަމުގައި ވެސް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރުގެ މެދުތެރޭގައި ގްރޭޓަރ މާލެ އޭރިއާ އަށް މުޅިން އާ ބަސްތަކެއް އެމްޓީސީސީ އިން ގެނައުމުން ވަޒީފާ ތަކަށް 100 އަށް ވުރެ ގިނަ މުވައްޒަފުން ބޭނުންވާނެ ކަމަށާއި އެބަސްތައް އޮޕަރޭޓް ކުރަން ފެށުމުން ގިނަ އަދަދެއްގެ ބަސް އެޓެންޑެންޓުންނާއި ޑްރައިވަރުން ބޭނުންވާނެ ކަމަށާއި އެވަޒީފާ ތަކަށް މީހުން ނެރޭނީ ކަމާއި ގުޅުންހުރި ޓްރޭނިންގ ފުރިހަމަ އަށް ދިނުމަށް ފަހުގައި ކަމަށް އާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: