ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރާ ކައުންސިލަށް މެންބަރުން އިންތިހާބު ކުރުމުގައިއަމަލު ކުރާނެ ގޮތުގެ ގަވައިދެއް އެކުލަވާލައިފި އެވެ.
މި މަހުގެ 19 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔާތް ކުރާ ކައުންސިލަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކުރިއަރުވައި މަސައްކަތްކުރާ ނުވަތަ އެފަދަ މިހުންނަށް ހިދުމަތްދޭ މަދަނީ ޖަމިއްޔާތަކުން އިންތިހާބު ކުރާ މެނަބަރަކު ހޮވުނަށް ބާއްވާ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރެޖިސްޓްރީ ވަނީ އާއްމުކޮށްފަ އެވެ.
ރެޖިސްޓްރީ ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިއުކޮށްފަ އެވެ. އަދި ރެޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މާދަމާގެ 14:00 ގެ ނިޔަލަށެވެ. ޝަކުވާ ފޯމު ހުށައެޅުމަށް ހަމަޖެހިފައި ވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު ޖެންޑާރ މިނިސްޓްރީގެ ވެންސައިޓުން ވެސް ލިބެން ހުންނާނެ އެވެ.
މި ގަވައިދުގެ 1 ގެ ހ ގައި ވާގޮތުން، ނުކުޅެދުންތެރިތިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާރެތިކަމާއި މަލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގާނޫނުގެ 4 ދަށުން އުފައްދަންޖެހޭ، ނުކުޅެދުންތެރިކަން ހުންނަމީހުންގެ ހައްގުތައް ހިމާޔަތް ކުރާ ކައުންސިލަށް، އެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާން ކޮށްފައިވާ ދާއިރާތަކުން އިންތިހާބުކުރާ މެންބަރުން އިންތިހާބުކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމުގައި އަމަލްކުރާނެ ގޮތްތައް ކަނޑައެޅުމުގެ ގޮތުން، އެ ޤާނުނުގެ (5) މާއްދާގެ (ށ) އަށް ރިއާޔަތްކޮއް، އެ ޤާނުނުގެ 33 ވަނަ މާއްދަގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ޤަވައިދެކެވެ.

