ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިން މިނިމަމް ވޭޖް ތަންފީޒުކޮށްފި

ފެނަކަ އެމްޑީ އަހުމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ތައާރަފްކުރި އެންމެކުޑަ އުޖޫެރައާއި އެކު ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުގެ ތެރާގައި ހިމެނޭ ފެނަކަ ކޯޕަރޭޝަނުން އެންމެ ކުޑަ އުޖޫރަ ނިމިދިޔަ ޖެނުއަރީ މަހުން ފެށިގެން މުވައްޒަފުންނަށް ދޭން ފަށައިފި އެވެ.

ފެނަކައިން އާންމު ކުރި ޓުވީޓެއްގައި ވާގޮތުން އެކުންފުނިންވަނީ ޤާނޫން ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން، 2021 ނޮވެމްބަރ 08 ވަނަ ދުވަހު މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ނެރުއްވި “އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމުގެ ޢަމުރު” އެ ކުންފުނިން ވަނީ ތަންފީޒު ކުރަން ފަށާފަ އެވެ.

އަތޮޅުތެރޭގެ ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ޚިދުމަތްތައް ދިނުމަށް ޤާއިމް ކުރެވުނު ކުންފުނިން މިވަނީ މިނިމަމްވޭޖް ދޭންފެށި ސަރުކާރު ހިއްސާވާ ފުރަތަމަ ކުންފުނި ކަމުގައި ވެގެން ގޮސްފައެވެ.

ފެނަކައިން ބުނީ ޖެނުއަރީ މަހުގެ މުސާރަ އެކުންފުނީގެ 3346 މުވައްޒަފަކަށް ލިބިގެންދިޔައީ މިނިމަމް ވޭޖް ހިމެނިގެން ކަމަށާއި އެއާއި އެކު ކުންފުނީގެ ގިނަ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބިފައިވާ ކަމުގައެވެ.

މިނިމަމް ވޭޖު ކަނޑައަޅާފައި ވަނީ މިނިމަމް ވޭޖް ބޯޑުގެ ލަފަޔާއެކު ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ނަމަވެސް ބޯޑުން ދިން ލަފަޔާއި ހިލާފަށް ޕްރައިވެޓް ސެކްޓަރުގެ ދެ ފަންތިއެއްގެ މިނިމަމް ވޭޖު ކަނޑައަޅާފައިވަނީ ބޯޑުން ލަފާ ދިން ވަރަށް ވުރެ ކުޑަކޮށެވެ.

އެގޮތުން މިނިމަމް ވޭޖްގައިވާ ގޮތުން ޕްރައިވެޓް ސެކްޓަރުގައި ކުދި ފަންތީގެ ވިޔަފާރިތަކަށް ދެވޭނެ އެންމެ ކުޑަ އަދަދަކީ މަހަކަށް 4،500 ރުފިޔާ އެވެ. އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މަހަކު 7،000 ރުފިޔާ ކަނޑައަޅާފައިވާއިރު، ބޮޑެތި ވިޔަފާރިތަކަށް ކަނޑައަޅާފައިވަނީ މަހަކަށް 8،000 ރުފިޔާ އެވެ. ދައުލަތުގެ މުވައްޒަފެއްނަމަ މަހަކު 7،000 ރުފިޔާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: