ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ބަޔާން އިއްވުން ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޔާސީ ބަޔާން އިއްވުން ފެބްރުއަރީ މަހުގެ 03 ވަނަ ދުވަހު މަޖިލީސް ހުޅުވުމަށް ބާއްވާ ޖަލްސާ އަށް މަޖިލީހުގެ އިދާރާއިން އެޖެންޑާ ކޮށްފިއެވެ.

ރިޔާސީ ބަޔާން އިއްވުމަށް ބޭއްވެވޭ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 9 ޖަހާއިރުއެވެ.

ރިޔާސީ ބަޔާނަކީ ކުރިއަށް އޮތް އަހަރަށް ސަރުކާރުގެ ފަރާތުން ޤައުމު ހިންގުމާއި ހާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަމާއި ކަނޑައަޅަން ފެންނަ ސިޔާސަތު ތަކާއި ތަރައްޤީގެ މަޝްރޫއު ތަކާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުން ކުރުމަށް ކަނޑަައަޅާފައިވާ ކަންތައްތަކެވެ.

ފާއިތުވެދިޔަ އަހަރުގެ ރިޔާސީ ބަޔާނުން ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި:

 

  • ކޮވިޑް19 ގެ ހާލަތާއި ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރެވުނު މަސައްކަތްތައް
  • 2020 ވަނަ އަހަރު ރިލީފް ޕެކޭޖްގެ ގޮތުގައި 1 ބިލިއަން ރުފިޔާ ހަރަދުކުރެވުނު
  • 2020 ޑިސެމްބަރުގެ ނިޔަލަށް އިންކަމް ސަޕޯޓްގެ ގޮތުގައި 21 މިލިޔަން ރުފިޔާ ހަރަދުވި
  • ޓޫރިޒަމަށް ދޫކުރެވުނު ބިން ތަކާއި ރަށް ތަކުގެ ބިމުކުލި ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދިނުން
  • އެންމެ ގިނައިން ކުނި ޖަމާވާ ރަށްތަކުގެ ކުނި 7 މަސް ދުވަހުގެތެރޭ ނެގުމަށް ވެމްކޯއާއި ހަވާލުކުރުން
  • 9430 ކުދިންނަށް ފުރަތަމަ ޑިގްރީއަށް  ހިލޭ ކިޔަވައިދިނުން.
  • 700 ލޯނު ސްކީމަށް ހުޅުވާލުން
  • ޖުޑީޝަރީ އިސްލާހު ކުރުމަށް ކުރެވުުނު މަސައްކަތްތަކުގެ ދަށުން ފަނޑިޔާރުގެތައް މިނިވަންކުރުމަށް ކުރެވުނު މަސައްކަތް ތައް

 

ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަންޖެހޭ ބަޔާނެކެވެ. އަދި ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ކޮންމެ އަހަރަކުވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: