ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާސްކު ނާޅައި އެކަކު އަނެކަކާއި ބައްދަލުވީ އެންމެ އަހަރަކު، އެއީ ރައީސަށް ވެރިކަން ކުރަން ލިބުނު މުއްދަތު: ދޮންބިލެތް

ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް، ދޮންބިލޭ: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ކުރަން ލިބިފައިވަނީ އެންމެ އަހަރެއްކަމަށް، ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.

“ސަންގު ޓީވީ” ގެ ޚަހަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ، ރައީސް ސޯލިހު ވެރިކަމާއި ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ވެސް ޖެހިވަޑައިގަތީ ގައުމު ހަމަޔަކަށް އެޅުވުމަށް ކަމަށެވެ. ދަރަނިން ފުރިފައި އޮތް ދައުލަތަކާއި، މީހުންނަށް ދޭން ޖެހިފައި އޮތް ބަދަލުތަކުން ސަރުކާރުން އެތައް މަސައްކަތެއް ކުރަން ޖެހުނުކަމަށާއި 2019 ވަނަ އަހަރު އެއްކޮށް ދިޔައީ އެފަދަ ހާލަތެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެއަށްފަހު ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ދޭން ހަމަޖެހިލިތަނާ، ކޮވިޑުގެ ހާލަތު ކުރިމަތިވިކަމަށާއި އެހެން ނަމަވެސް މިއަދާއި ހަމައަށް ވެސް ގައުމުގެ އިގްތިސާދީ ހުރިހާ މަޝްރޫއެއް ކުރިޔަށް މި ގެންދެވެނީ ސަރުކާރުގެ ގާބިލިއްޔަތުގެ ސަބަބުންކަމަށް އޭނާ ވިދާޅުވި އެވެ. ކޮވިޑުގެ ހާލަތާއި ހުރެ ސަރުކާރު ހިންގަން ބޭނުންވި ސްޕީޑުގައި ހިންގައި، ހިދުމަތްތައް ނުދެވުނުކަން ފާހަގަކޮށް ދޮންބިލެތް ވިދާޅުވީ މި ވެރިކަމުގެ ތެރޭގައި މާސްކެއް ނާޅައި އެކަކު އަނެކަކާއި ބައްދަލުކޮށްލަން ލިބުނީ އެންމެ އަހަރެއް ކަމަށެވެ.

ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުން ނުފޫޒުތަކެއް ފޯރުވާކަމަށާއި، ވޯޓާއި ކައިރިކޮށް މަޝްރޫއުތަކެއް އިއުލާނު ކުރަމުންދާކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ހަލީމް ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ހާއްސަ ސަމާލުކަމެއް ދޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮތުމުގެ މާނައަކީ އެއީ އެންމެ ގޮނޑިއެއްކަމަސް ބުނެ ދޫކޮށްލަން ޖެހޭ ސަބަބެއް ނޫންކަމަށް ވިދާޅުވި އެވެ. ޕާޓީން ކޮންމެ އިންތިހަބަކަށް ވެސް ކުރިމަތިލައި، ކެމްޕެއިން ކުރިޔަށް ދަނީ ވަރަށް ފޯރިއާއި އެކީކަމަށާއި ހުރިހާ އިންތިހާބަކަށް ވެސް އެމްޑީޕީން ކުރާ މަަސައްކަތް އެއް ލެވެލްއަކަށް ވަރުގަދަވާނެކަމަށް ހަލީމް ވިދާޅުވި އެވެ.

ދެ ކޮމަންޑޫ ގުޅުވާލާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި، އަދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާތީ ހަލީމް ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަޣާވާތަކުން ވައްޓާނުލިނަމަ އެ ދާއިރާގެ ބްރިޖުގެ މަސައްކަތް ނިމުނީސްކަމަށެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުން ފެށިގެން، ދެ ކޮމަނޑޫ ގުޅުވާލުމަކީ އެމްޑީޕީގެ ވައުދަކަށްވާއިރު އެ ވައުދު ފުއްދުމުގައި މައްސަލައަކީ ކޮބައިތޯ އޭނާ ސުވާލު އުފެއްދި އެވެ. މައްސަލައަކީ އިންތިހާބާއި ކައިރިކޮށް މި މަޝްރޫއު އިއުލާނު ކުރުންކަމާއި، މީގެ ކުރިން އެ ވާހަކަ ދައްކާފައި ނުވަނީ ކީއްވެގެންތޯ ސުވާލު ކުރުމުން މީގެ ކުރިން ވެސް ދެއްކެވި ވާހަކަ ތަކުރާރުކޮށް ހަލީމް ވިދާޅުވީ އޭރު ގައުމު އޮތީ ބަންދެއްގައިކަމަށާއި، ގައުމުގެ އިގްތިސާދު އޮތީ މަޑުޖެހިފައިކަމަށެވެ. އެހެންކަމުން ހާލަތު ރަނގަޅުވި ދަނޑިވަޅަކާއި، ބައި އިލެކްޝަނާއި ދިމާވެ މަޝްރޫއު އިއުލާނު ކުރުން އެއީ އިއްތިފާގެއްކަމަށް އޭނާ ވިިދާޅުވި އެވެ.

އިދިކޮޅުން ފާހަގަ ކުރާ މައްސަލަތަކުގެ ތެރޭގައި އެމްބިއުލާންސްގެ ޝަކުވާ ވެސް ހިމެނޭއިރު ދޮންބިލެއް ވަނީ އެ ވިސްނުމަށް ފާޑުވިދާޅުވެފަ އެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް އެމްބިއުލާންސް ފޮނުވަމުންދާއިރު، މީ ވޭތުވެ ދިޔަ ދެ މަހެއް ހާ ދުވަސް ދިޔައީ އެ މަސައްކަތުގެ ތެރޭގައިކަން އޭނާ ފާހަގަ ކުރެއްވި އެވެ. މިދިޔަ ވެރިކަން ނިމުނުއިރު ރަށައް އެމްބިއުލާންސެއް ފޮނުވައި ސިއްހީ ރަނގަޅު ހިދުމަތެއް ދިން ނަމަ މިއަދު އެމްބިއުލާންސްތައް ފޮނުވަން ނުޖެހުނީސްކަމަށާއި، ބަރޯއެއްގައި ބަލި މީހާ ހޮސްޕިޓަލަށް ގެންދާތަން ފެނި ބަޔަކަށް ފާޑުކިއަން ފުރުސަތު ލިބުނަސް އެއީ އެހާ ރީތި މަންޒަރެއް ނޫންކަމަށް ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ އެމްބިއުލާންސްތައް ރަށްތަކަށް ފޮނުވައި، ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.

ހަލީމް ވަނީ، ކޮމަންޑޫ ގޮނޑި އެމްޑީޕީއަށް ކާމިޔާބުކޮށް ދިނުން ގޮތެއް ނެތްކަމަށް ވިދާޅުވެފަ އެވެ. އަދި އިދިކޮޅު ނުވަތަ އަލަށް އުފައްދައިގެން އުޅޭ އެއްވެސް އަމާޒެއް ނެތް ޕާޓީއަށް ގޮނޑިއެއް ދިނުމުގައި އެއްވެސް ކުރިއެރުމެއް ނޯންނާނެކަން ފާހަގަކޮށް މި އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ދެއްވުމަށް އެދިވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: