ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާާޓީތެރޭގައި ނުތަނަވަސްކަން ނެތްނަމަ އިންތިހާބު ބޮޑުތަނުން ކާމިޔާބުވީސް: ވައްޑޭ

އުނގޫފާރު ދާއިރާގެ މެމްބަރު ވައްޑެ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ މެމްބަރުންނާ ސަޕޯޓަރުންގެ ތެރޭގައި ބައެއްބާވަތުގެ ނުތަނަވަސްކަން ނެތްނަމަ، މިއަދުގެ އިންތިޚާބު މާބޮޑުތަނުން ކާމިޔާބު ކުރެވުނީސް ކަމުގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

އޭނާކުރެއްވި ޓްވީޓްގައި އިތުރަށް ވާގޮތުން މިވަގުތަކީ ޕާޓީގެ ދޭދޭ މެމްބަރުންގެ އަޑު ސަރުކާރުން އަހައި ގެއްލިފައިވާ ޕާޓީގެ އިތުބާރު ނަގަހައްޓަންޖެހިފައިވާ ވަގުތުކަމުގައެވެ.

ނިމިގެން ދިޔަ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީ އާއި މެދު ހިތްހަމަ ނުޖެހުން ޕާޓީގެ ލީޑަރޝިޕްގައި ހިމެނޭ ބައެއް ބޭފުޅުން ސިފަ ކުރަމުންދާއިރު ޕާޓީގެ ރައީސް، ރައީސް ނަޝީދުވެސް ވަނީ އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި އިންތިހާބުން 50 އިންސައްތަ ނުލިބޭ ކަމަށް ވިދާޅުވެ، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ނުގެނެވިއްޖެ ނަމަ ވެރިކަމުގައި ނުތިބެވޭނެ ކަމުގައި ނަޝީދުގެ ވިދާޅުވިއެވެ.

ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވައި އެކިއެކި ޖަލްސާ ތަކުގައ ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އެމަނިކުފާނު ދެކިލައްވާގޮތުގައި ރައްޔިތުންނާއި ރާއްޖެއަށް އެންމެ ފައިދާހުރި ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: