ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ އެޖެންޑާ 19 އަށް ލިބުނު ކާމިޔާބެއް: ހަސަން ލަތީފް

ހަސަން ލަތީފް މ.ކުނޫޒްގައި: ފޮޓޯ އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބު ކުރުމަކީ އެޖެންޑާ-19 އާއި ޖަޒީރާ ރާއްޖެއަށް ލިބުނު ކާމިޔާބެއް ކަމަށް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިފާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވެފައި ވަނީ ކޮމަންޑޫ ދާއިރާއިން އެމްޑީޕީއަށް ވާދަކުރި ކެންޑިޑޭޓް މުހައްމަދު ރާޝިދު އިންތިހާބު ކާމިޔާބު ކުރުމާއި ގުޅިގެން އެމްޑީޕީ އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެއްގައި ވާހަކަދައްކަވަމުންނެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހަސަން ލަތީފް ވިދާޅުވީ ސަރުކާރުގެ ފަރާތުން މުޅި ރާއްޖޭގައި އަބަދުވެސް މަޝްރޫއު ހިންގަމުން ދާކަމަށާއި ކޮމަންޑޫއަށް އަމާޒުކޮށްގެން އެއްވެސް ކަމެއް ނުކުރާކަމުގައެވެ. ނަމަވެސް ކޮމަންޑޫ ދާއިރާގައި ކެމްޕޭން ހަރަކާތް ކުރިއަށް ގެންދާތީ އެ މަންޒަރުތައް ގިނައިން ފެންނަނީކަމުގައެވެ.

މިމޭރުމުން އިތުރަށް ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ސަރުކާރުގެ އަމާޒަކަށް އަބަދުވެސް ވެފައިވަނީ ރާއްޖޭގެ ރަށްރައް ތަރައްގީ ކުރުން ކަމަށާއި އެޖެންޑާ 19 އާއި ޖަޒީރާ ރާއްޖެ އަށް ވީ ވަޢުދުތައް ފުއްދުން ކަމަށާއި އެޖެންޑާ 19 އިން ރައްޔިތުންނަށް ވީ ވައުދުތަކުގެ 80 ޕަސެންޓް ނިމިފައިވާ ކަމުގައެވެ.

އެޖެންޑާ 19 އަކީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ގައި އެމްޑީޕީން ބޭނުންކުރި ޝިޔާރުކަންވެސް ފާހަގަކޮށްލެވެއެވެ. އެޖެންޑާ19 އިގައި އެޕާޓީއިން ވަކާލާތު ކުރި ހިމެނެނީ މައިގަނޑު ހަތަރު ކަމެއްގެ މައްޗަށެވެ.

އޭގެ ތެރޭގައި ހިމެނެނީ:

އަދުލު އިންސާފު ގާއިމް ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން ޝަރުއީ ދާއިރާ އިސްލާހުކުރުމާއި, އިންތިގާލީ އިންސާފު ގާއިމް ކުރުމާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއްބިނާ ކުރުން ފަދަ އިސްލާހުތަކެވެ.

ޖަޒީރާ ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމަށް ރާއްޖޭގެ ރަށްތައް ލާމަރުކަޒު ކުރުމާއި ނަޒާހަތްތެރި މަޖިލީހެއް އުފެއްދުމާއި ވިލުފަޚުތައް އާލާކޮށް ބެހެއްޓުމަށް ކުރެވޭ މަސައްކަތްތަކެވެ.

އިޤްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހިން ހެދުމަށް ނޫއިޤްތިސާދު ތައާރަފްކޮށް އަގުހެޔޮ ކަރަންޓާއި ފެން ފޯރުކޮށްދިނުމާއި އަމިއްލަ އާމްދަނީ އިން ނަގާ ޓެކްސް ނުވަތަ އިންކަމް ޓެކްސް ނަގަން ފެށުމާއި މަހުގެ ހަމަ އަގު މަސްވެރިންނަށް ލިބޭނެ ގޮތް ހަދައި ދިނުމާއި ގެސްޓް ހައުސް ވިޔަފާއި ފުޅާކުރުމުގެ ގޮތުން ހޯމް ސްޓޭ ޓުއަރިޒަމް އަތޮޅުތެރޭގައި ތައާރަފް ކުރުމާއި އެގްރިކަލްޗަރ ސިނާއަތު ކުރި އެރުވުމަށް އެގްރިވިޔަފާރި ނަމުގައި ދަނޑުވެރިކަމަށް ގެންނާނެ ބަދަލުތަކުގެ އިތުރުން ކުނިން އާމްދަނީ ހޯދުން ނުވަތަ އުކާލެވޭ ކުންޏަކީ އޭގެއިން ނަފާ ލިބޭ ވަސީލަތަކަށް ހެދުން ހިމެނެއެވެ.

އިންތިހާބުގެ ނަތީޖާ އަކީ ރައްޔިތުން އެމްޑީޕީ އަށް ކުރާ އިތުބާރާއި ތާއީދު ހާމަވެގެންދާކަމެއް ކަމުގައި ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: