ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާން އެމްޑީޕީއަށް ކެމްޕެއިން ކުރީ ރިސޯޓު ހަދަން ރަށެއް ހޯދަން: ޝުޖާއު

ހުޅުމާލޭގެ ކައުންސިލް މެމްބަރު، އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު/ ފޮޓޯ؛ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް، ހޯމް މިނިސްޓަރު އަދި ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ނިކުމެވަޑައިތީ ރިސޯޓެއް ތަރައްގީ ކުރުމަށް ރަށެއް ހޯދުމުގެ ބޭނުމުގައިކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ، އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ގޮނޑި އިދިކޮޅަށް ގެއްލި އެމްޑީޕީން ނެގި ކާމިޔާބީއަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

މިއީ ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން، އިންތިހާއަށް ނުފޫޒު ފޯރުވި އިންތިހާބެއްކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ އެހާ މަސައްކަތުން ވެސް ސަރުކާރަށް ކާމިޔާބީ ލިބުނީ މަދު ވޯޓެއްގެ ތަފާތަކުން ކަމަށެވެ. އެމްޑީޕީން ގޮނޑިއަށް ކުރިމަތިލައި ކެމްޕެއިން ފެށިފަހުން، ކޯލިޝަނުން އެ ޕާޓީއަށް ތާއީދުކުރާކަން ހަމަކުރުމަށް ފަހު އަމަލީ ގޮތެއްގައި ޖަލްސާތަކުގައި ބައިވެރިވާން ފެށީ އަމިއްލަ ބޭނުމެއް އޮވެގެންކަމަށް ޝުޖާއު ތަކުރާރު ކުރެއްވި އެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ވެސް ހަމައެފަދަ ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވައި އިމްރާނަށް އަމާޒުކޮށް ވިދާޅުވީ، އެވެސް އަމިއްލަ އެދުމުން ފޯވެ ހުންނެވި ބޭފުޅެއް ކަމަށެވެ.

އިމްރާން އެމްޑީޕީއަށް ތާއީދުކޮށް، އެންމެ ފަހު ވަގުތު ކެމްޕެއިނުގައި ބައިވެރިވީ ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ރަށެއް ދޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުންކަމަށް ޝުޖާއު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި އިމްރާން މަސައްކަތް ކުރަނީ ބޭރު ބަޔަކާއި ގުޅިގެން ޓޫރިޒަމްގެ ވިޔަފާރީގެ ތެރެއަށް ވަދެވަޑައިގަތުމަށް ކަމަށެވެ.

ޝުޖާއު ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގާނޫނީ ހުސްކަމެއްގެ ތެރޭގައި ބާއްވާ ބޮޑު އިންތިހާބެއް ނިންމާލީ އެތައް ނުފޫޒުތަކެއް ވެއްދުމަށް ފަހު ކަމަށެވެ. ގޮނޑި ިކާމިޔާބު ކުރުމުގެ ބޭނުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެތައް ވަޒީފާތަކެއް އުފައްދައި، ވޯޓު ނުދޭނެހެން ހީވާ މުވައްޒަފުންނަށް ވަޒީފާގެ ބިރު އެމްޑީޕީން ދެއްކިކަމަށް ޝުޖާއު ތުހުމަތުތަކެއް ކުރެއްވި އެވެ. ބަރާއި ނުފޫޒުތަކަށް ފަހު އިންތިހާބުގެ އެވްރެޖު ނަތީޖާއަކީ އެމްޑީޕީއަށް ރަނގަޅު ކާމިޔާބެއް ނޫންކަމަށާއި، މެޖޯރިޓީ އެމްޑީޕީއަށް ނޫނެކޭ ބުނާކަމަށް ޝުޖާއު ވިދާޅުވި އެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ބަޖެޓުން ބޭރުން އެތައް ސަތޭކެ މިލިއަނުން ފައިސާ ހަރަދު ކުރިކަމަށެވެ.

އިންތިހާބަށް އިއުލާނު ކުރުމަށް ފަހު، ސަރުކާރުގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައި އޮތީ ކޮމަންޑޫ ދާއިރާއަށެވެ. އެގޮތުން ކޮމަންޑޫގެ ރައްޔިތުން ބޭނުން ކުރަމުން އައި ޒަމާންވީ އިންޖީނުގެ ބޭނުންކުރުން ހުއްޓާލުމަށް ފަހު ފެނަކައިން އަލަށް އިމާރާތްކުރި އިންޖީނުގެ ވެސް ހުޅުވާދެއްވާފައި ވަނީ ރައީސް ސޯލިހާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

އިންތިހާބުގައި އިދިކޮޅަށް ދިމާވި ބަލިން ދައްކުވައިދެނީ “އިންޑިއާ އައުޓަށް” ނޫނެކޭ ބުނާ މިންވަރުކަމަށް އެމްޑީޕީގެ ބައެއް އިސްބޭފުޅުން ވިދާޅުވެފައި ވާތީ ޝުޖާއު ވަނީ އެކަމަށް ރައްދު ދެއްވާފަ އެވެ. އެނާ ވިދާޅުވީ އިންއޑިއާ އައުޓް ކިއުން ވެސް، އަދި އެ ހަރަކާތް ވެސް ހުއްޓާ ނުލާނެ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބު ކާމިޔާބު ކުރެވުނީ  200 އެއްހަ  ވޯޓުގެ ކުޑަ ތަފާތަކުން ކަމުގައި ސަރުކާރުން ގަބޫލުކުރާ ކަމަކީ ޕީޕިއެމަށް އަށް ލިބުނު ނަސްރަކާއި ކާމިޔާބީއެއް ކަމުގައި ޝުޖާ ސިފަކުރެއްވި އެވެ. އެހެންކަމުން މި އިންތިހާބާއި، އިންޑިއާ އައުޓާއި ނުގުޅުވޭނެކަމަށް ޝުޖާއު ވިދާޅުވި އެވެ. ހަގީގަތުގައި ޕީޕީއެމުން އިންތިހާބުން މޮޅުވެފައިވާ ކަމަށާއި ޕީޕީއެމުން ތިބީ ފުދި ހަމަޖެހިލައިގެން ކަމުގައި އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޤާސިމަށް ސަރުކާރުން ކާޑެއްދޫ އެއާޕޯޓުގެ ބަދަލެއްގެ ގޮތުގައި 52 މިލިޔަން ރުފިޔާ ކެމްޕޭނާއި ދިމާކޮށް ދީގެން ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އެ ފައިސާ ރައްޔިތުންނަށް ބެހި ކަމުގެ ތުހުމަތުވެސް މި ސަރުކާރަށް ޝުޖާއު ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: