ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައި އިލެކްޝަނުން ނާކާމިޔާބުވެގެން އިދިކޮޅުން ކަންބޮޑެއް ނުވޭ: ހުސެއިން

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީ ބޮޑުތަނުން ފެއިލްވެފައިވާކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ހުސެއިން މިހެން ވިދާޅުވީ ޕީޕިއެމްއިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައެވެ. ހުސެއިން ވިދާޅުވީ ރައްޔިތުންގެ މުދަލުންނާއި، ހަޒާނާއިން ވައްކަންކޮށް ހިއްޔާނާތްވެ ފިލާނުތިބެވޭނެކަމަށާއި އެމްޑީޕީ ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް އަންނާނެ ކަމަށެވެ.

ހޮނިހިރު ދުވަހު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރީ އެމްޑީޕީ ނަމަވެސް ޕީޕީއެމްއިން އެކަމާ ހާސްވެ ކަންބޮޑުނުވާކަމަށާއި ޕީޕީއެމަކީ ދީނާއި ގައުމަށްޓަކައި ޖިހާދުވާން ކެރޭ ފަހުލަވާނުންތަކެއް ތިބި ޕާޓީއެއްކަމަށް ހުސެއިން ވިދާޅުވި އެވެ. އަދި ދިވެހި ރައްޔިތުންނަކީ އެއްވެސް ހާލެއްގައި އެމްޑީޕީ ޖަހާހާ ބެރަކަށް ނަށާނެ ބައެއް ނޫންކަމަށް ހުސެއިން ވިދާޅުވި އެވެ. އިންތިހާބުގެ މެޖޯރިޓީ ގެއްލުން އެއީ އޭގެ ހެއްކެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އިޝާރާތްކޮށް ހުސެއިން ވިދަޅުވީ، އެއީ ކޮވިޑު-19 ގެ ހާލަތު ގޯސްވުމުން ހައިރިސްކުކަމަށް ވިދާޅުވެ ފިލާހުންނެވި ބޭފުޅެއްކަމަށާއި، އެހެން ނަމަވެސް އިންތިހާބުގެ ދުވަސްވަރު ކެމްޕެއިނަށް ދާއިރާގެ ރަށްތަކަށް ވަޑައިގެން ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވަންދެން ރަނގަޅު ހާލުގައި ގޯޝާއީ ފޯރީގައި އެމްޑީޕީއަށް ކެމްޕެއިން ކުރަމުން ގެންދެވި ކަމަށެވެ.

އިންތިހާބަށް ނުފޫޒުތަކެއް ފޯރުވިކަމުގެ ތުހުމަތުތައް ކުރައްވައި، ހުސެއިން ވިދާޅުވީ ކެމްޕެއިނަށް ރައްޔިތުންގެ ފައިސާގެ ތިންބައިކުޅަ ދެބައި ހަރަކު ކުރީ އެންމެ މަހެއްގެ ތެރޭގައި ކަމަށެވެ. އެއީ މި ސަރުކާރުގެ ނާގާބިލުކަން ދައްކުވައިދޭ ސިފައެއްގެ ގޮތުގައި، ވިދާޅުވެ ހުސެއިން އެމްޑީޕީއަށް ފާޑުވިދާޅުވި އެވެ.

މީގެ އިތުރުން ހުސެއިން ވިދާޅުވީ، ދޮޅު އަހަރު ވަންދެން މަޖިލީހަށް ވަޑައިނުގެން ހުންނަވައި ގާސިމް ވެސް ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކަން ލަދުގަންނަން ޖެހޭ ކަމަށެވެ.

ހުސެއިން ވިދާޅުވީ މި ގައުމުގައި ވެރިކަން ކުރައްވަނީ އިހުލާސްތެރިކަމެއް ހުރި ލީޑަރެއް ނަމަ މަސައްކަތް ކުރައްވާނީ ރައްޔިތުންގެ އަސާސީ ހިދުމަތްތައް ފުރިހަމަ ކުރުމަށްކަމަށެވެ.

ދެން އޮންނަ ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރާނީ އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަަމަށް ހުސެއިން ވިދާޅިވި އެވެ. ރައްޔިތުންނަށް ވަޒީފަގެ ބިރާއި އާސަންދާގެ ބިރު މި ސަރުކާރުން ދެއްކި ކަމުގައި ވީނަމަވެސް ގައުމުގެ ޒުވާނުން ތިބީ ހޭލާކަމާއި، ގައުމުގެ މުސްތަގުބަލު ބަނަ ކުރުމަށް އެމްޑީޕީއަށް އެއްވެސް ފުރުސަތެއް ނުދޭނެކަމަށް އޭނާ ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: