ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ޒުވާނުންނަށް ލިބޭ ހަކަތައަކީ ޤައުމުގެ ދުވެއްޔަށް ލިބޭނެ ހަލުވިކަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ޒުވާނުންނަސް ލިބޭ ހަކަތައަކީ ގައުމުގެ ދުވެއްޔަށް ލިބޭނެ ހަކަތައެއް ކަމަށާއި ޒުވާނުންގެ ލާބަ އާއި މަންފާއަށްޓަކައި ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދަދައިން ވިދާޅުވީ މި އަހަރަށް މަޖިލީސް ހުޅުވައިދެއްވައި ރިޔާސީ ބަޔާން އިއްވަމުންނެވެ.

“ދިވެހި ޒުވާނުންނަށް ލިބޭ ހަކަތައަކީ ޤައުމުގެ ދުވެއްޔަށް ލިބޭނެ ހަލުވިކަން. އެ ހަލުވިކަން ހޯދުމަށްޓަކައި ކުޅިވަރުގައި ކުރިފަޅަންޖެހޭ. ތަފާތު މައިދާނުން ތަށި އުފުލާލަން އެދޭ ޒުވާނުން ގިނަ. ޒުވާނުން ރަންވަނަ ހޯދުމުގެ ރީތިނަން ލިބެނީ ހުރިހާ ދިވެހިންނަށް.”

އެގޮތުންމިދިޔަ އަހަރު ބޭއްވުނު ޕެރެ އޮލިމްޕިކްސް މުބާރާތުގައި ރާއްޖެއިން ބައިވެރިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގާއިމު ކުރެވިގެންދާ ތަފާތު ކުޅިވަރުގެ ވަސީލަތްތަކުގެ ސަބަބުން ޒުވާނުންނަށް ކުރިއެރުން ލިބިގެން ދާނޭ ކަމަށާއި ބައިނަލްއަޤްވާމީ މުބާރާތްތަށް ބޭއްވުމުގެ ފުރުސަތު ފަހިވެގެންދާނޭ ކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކަކީ ރާއްޖޭގެ ކުޅިވަރުގެ މަޝްރަހަށް އެންމެ ބޮޑެތި ކާމިޔާބީތައް ލިބުނު އަހަރުތައް ކަމަށެވެ.

“މިދިޔަ އަހަރު ބޭއްވުނު ބައިނަލްއަގްވާމީ ޕެރެ އޮލަމްޕިކްސްގައި ރާއްޖެ ފުރަތަމަ ފަހަރަށް ބައިވެރިވި. މީ މިމުބާރާތް ބާއްވާތާ 54 އަހަރުވީ ދިގު މުއްދަތުގައި، ދިވެހި ޕެރެ އެތުލީޓުން ރާއްޖެ ތަމްސީލު ކުރި ފުރަތަމަ ފަހަރު.” ރައީސް ސޯލިހު

އަދި ހަމައެއާއިއެކު ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 26 ފުޓްބޯޅަ ދަނޑުގެ ޓަރފް މަސައްކަތް ނިންމައި ހުޅުވިއްޖެކަމަށާއި، ޤައުމީ ފެންވަރުގެ މެޗްތައް، ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ކުޅެވޭނެކަމަށެވެ. އަދި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ އެކުވެނިތައް ޤާއިމުކުރުން މި އަހަރު ތެރޭގައި ކުރިޔަށްދާނެކަމަށް ވިދާޅުވި އެވެ.

“މި އަހަރަށް ކަނޑައަޅާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ދަށުން ފުރަމާލޭގެ ގަލޮޅު ރަސްމީ ދަނޑު ތަރައްޤީ ކުރުން ހިމެނޭ. އަދި ޤައުމީ ޓޭބަލްޓެނިސް، ބާސްކެޓް، ވޮލީ، ހޭންޑްބޯލް އަދި ނެޓްބޯލް ކޮމްޕްލެކްސްތައް މާލޭގައި ތަރައްޤީ ކުރެވޭނެ.” ރައީސް ސޯލިހު

މީގެ އިތުރުން ރައީސް ވިދާޅުވީ މޫދު ކުޅިވަރުގެ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށް ރާއްޖެ ތަޢާރުފް ކުރުމަކީ، ވަރަށް ބޭނުންތެރި ކަމެއްކަމަށާއި، މި އަހަރު އޭޝިއަން ސަރފިން ޗެމްޕިއަންޝިޕް އަދި ބޮޑީ ބޯޑިންގ ވާލްޑް ޓުއަރ މުބާރާތެއް ރާއްޖޭގައި ބޭއްވޭނެކަމަށް ރައީސް ވިދާޅުވިއެވެ. ސަފިން އަދި ބޮޑީ ބޯޑިންގެ ނެޝަނަލް ޓީމުތައް މުޅިން އަލަށް އެކުލަވައިލައި، ގަވާއިދުން މުސާރަދޭން ފެށާފައިވާކަން ވެސް ރައީސް މިއަދު ހާމަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: