ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ރަށްތަކުގެ ސިއްހީ ނިޒާމު ދަނީ ހަރުދަނާ ވަމުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރަށްތަކުގައި ސަރުކާރުން ތަރައްގީކުރުމަށް ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލްތަކާއި އެކު، ސިއްހީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ރައީސް އިބްރާހިމް ސޯލިޙް ވިދާޅުވެއްޖެއެެވެ.

މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ސިއްހީ ގޮތުން ތަރައްގީ ކުރަންޖެހޭ 07 އަތޮޅެއްގެ ހޮސްޕިޓަލްތައް ގާއިމު ކުރެވިފައިވާ ކަމަށެވެ. މިވަގުތު ހިދުމަތް ދެމުން ދާ ޓާޝަރީ ހޮސްޕިޓަލްތަކުގައ ސީޓީ އަދި އަލްޓަރާ ސައުންޑް ލެބޯޓްރީގެ ހިދުމަތް ލިބެމުން ދާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

އަތޮޅު ތެރޭގެ ވަސީލަތްތައް ގާއިމްކޮށް ރަށްތަކުގަ ދިރިއުޅޭ މީހުންނަށް ދިރިއުޅެން ފަސޭހަ މާހައުލެއް ބިނާކުރުމަކީ މުހިންމުކަމެއްކަމާއި، މީގެއިން 4 ހޮސްޕިޓަލެއްގައި ޑެންޓަލްގެ ޙިދުމަތާއި އެކު، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެ ހިދުމަތް މި ކުއާޓާގައި ނިންމާލެވޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ހދ. ކުޅުދުއްފުށި އާއި، ލ. ގަން އަދި ގދ. ތިނަދޫގައި 100 އެނދުގެ ހޮސްޕިޓަލްތަކުގެ އާ އިމާރާތުގެ އަަމަލީ މަސައްކަތް ހިންގާނެކަމާއި މީގެ އިތުރުން 7 އަތޮޅު ހޮސްޕިޓަލެއްގައި 50 އެނދު އަދި 12 ރަށެއްގައި 30 އެނދުގެ މަސައްކަތް ފެށިގެން ކުރިޔަށް ދާނެކަންވެސް ރައީސް ސޯލިހު ވަނީ ފާހަގަ ކުރައްވާފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ މީހުން ދިރިއުޅޭ 50 ރަށެއްގައި ޕަބްލިކް ކެއާ ޕޯޓަލްވަނީ ގާއިމު ކުރެވިފައިވާކަމަށާއި، ޕްރައިމެރީ ހެލްތް ކެއާގެ ގާނޫނީ އޮނިގަނޑުގެ މަސައްކަތް މި ދައުރުގައި ކުރެވޭނެކަމަށް ބެލެވޭކަމަސެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: