ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ބަޔާނަށް އެމްރާއުއެމްގެ މަރުހަބާ!

އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް.... ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސި ބަޔާނަށް މޯލްޑިވްސް ރިފޯމް މޯވްމަންޓް (އެމްއާރުއެމް) އިން މަރުހަބާ ދަންނަވައިފިއެވެ.

މިކަމާއި ގުޅިގެން އެޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ވާގޮތުގައި ރައީސްގެ ރިޔާސީ ބަޔާނަކީ އުންމީދީ އަދި ފުރިހަމަ ބަޔާނެއްކަމުގައި ހާމަކޮށްފައިވެއެވެ.

ރިޔާސީ ބަޔާނުގައި ހިމެނިފައިވާ ގިނަކަންނަކަމީ ސަރުކާރު ވުޖޫދަށް ގެނައުމަށް އުފެއްދި ކޯލިޝަން އުފެދުނު ދުވަސް ވަރު ކުރެވުނު މަޝްވަރާ  ތަކުގައި ހިމެނިފައިވާ ކަންތައްތައް ކަމުގައި އެމްއާރުއެމުން ހާމަކޮށްފައިވެއެެެވެ. އަދި އެކަމުގެ ސަބަބުން މިސަރުކާރަށް އެޕާޓީން ކުރާ އުންމީދާ ޔަގީންކަން އާވެގެން ދިޔަ ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.

އިސްލާމްދީން ހިމާޔަތް ކުރުމާއި ޤައުމުގެ މިނިވަން ކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ބުރުއަރާނެ ފަދަކަމަކަށް މިސަރުކާރުން ޖާގަނުދޭނެ ކަމުގެ ޔަގީންކަން ރައިސް ދެއްވިކަން އެމްއާރުއެމުން ފަހުރުވެރިކަމާއިއެކު ބަލައިގަންނަ ކަމުގައި ވާ އިރު ދީނީ ހަރުކަށި މީހުން ރާއްޖޭގައި ގިނަވަނީ ދީނީ ސައްހަ މައުލޫމާތު ނޭންގުން ކަމަށާއި ދީނަށް މީހުން ހޭލުންތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ މުހިއްމު މަސައްކަތްތައް ފާހަގަކޮށްފައިވެއެވެ.

ސަރުކާރުން ތައުލީމީ ސިޔާސަތުގެ ތެރޭގައި ހިމެނޭ ހިލޭ ޑިގްރީ އާއި ޓެކްނިކަލް އަދި ވޮކޭޝަނަލް ތައުލީމާއި ތަމްރީނު ނިންމައި އަހަރަކު އެތަކެއްޒުވާނުންނެއް މުޖުތައު އަށް ނިކުންނައިރު ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ކަމުގައި އެމްއާރުއެމްގެ ފަރާތުން ސަރުކާރުގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރު ޑ.ރ އިބްރާހިމް ހަސަން ހުންނެވިކަމީ އެޕާޓީން ފަހުރުވެރިވާ ކަމެއްކަމުގައިވެސް ހާމަކުރައްވާފައިވެއެވެ.

ސަރުކާރުގެެ ފަރާތުން އެންމެ ކުޑަ އުޖޫރު ކަނޑައެޅުމަށްވީ ވަޢުދު ފުއްދައ، މިނިމަމްވޭޖް އަންނަނީ ޖަނަވަރީ މަހުންފެށިގެން މަސައްކަތްތެރިންނަށް ލިބެމުން ދާކަމަށާއި ފަތުރުވެރިކަމުން ނަގާ ސާވިސް ޗާޖު އެދާއިރާގެ މަސައްކަތްތެރިންނަށް ލިބޭނެކަން ކަށަވަރުވެގެން ދިޔަ ކަމީ އެޕާޓީން ޝުކުރުވެރިވާ ކަމެއްގެ ގޮތުގައި ދެކޭ ކަމުގައި ވެސް ބަޔާންކޮށްފައިވެއެވެ.

ސިއްހީ ދާއިރާއިން ހޯދިފައިވާ ކުރިއެރުން ތަކުގެ ތެެރޭގައި ނަފްސާނީ ބަލީގެ ފަރުވާ ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބޭ ކަމަށާއި އަދި އެހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތްތައް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އިނާޔަތް ބޮޑުކުރުމަށް ކަނޑައެޅުމާއި ޕްރައިމަރީ ހެލްތު ކެއަރ އަލުން ޤާއިމް ކުރުމުގެ ގޮތުން އެކުލަވާލާ ގަވާއިދުގެ އޮނިގަނޑު މަޖިލީހަށް ފޮނުވުމާއި ޕަބްލިކް ހެލްތު ގާއިމްކުރުމަށް 58 ކުރެވޭ މަސައްކަތް ފާހަގަކުރާކަމުގައިވެސް އެމްއާރުއެމުން ހާމަކުރެއެވެ.

ޑްރަގްގެ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރެވުނު މަސައްކަތް ތަކާއި ގެވެށި އަނިޔާ ހުއްޓުވައި މިންތީގެ ހަމަހަމަކަން ގާއިމުކޮށް ރައްޔިތުންނަށް   ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކޮށްދިނުމަށް ކުރެވޭ މަސައްކަތަކީ އެމްރާއުއެމްގެ ވެސް އަމާޒެއް ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެމައްސަލަތަކަށް ހައްލުހޯދުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އެޕާޓީން މަރުހަބާކިޔާކަމުގައިވެއެވެ.

ކޮވިޑް19ގެ ބަލިމަޑުކަމުން ސަލާމަތް ވުމަށް ސަރުކާރުން އެޅި މުހިއްމު ފިޔަވަޅުތަކާއި އިގްތިސާދީ އަޑިގަޑުން އަރައިގަތުމަށާއި ތަރައްގީ ކުރުމަށް ރާވަފައިވާ މަސައްކަތްތައް އެޕާޓީން ފާހަގަކޮށްފައިވެއެވެ.

ޒުވާނުންނާއި ފަންނުވެރި ހުނަރުވެރިން ކުރިއަރުވުމުގެ ގޮތުން އޮލިމްޕަސް ތަރައްގީ ކުރުމާއި ގައުމީ ސަގާފަތާއި ތަރިކަ ރައްކާތެރި ކުރުމަށް އަތޮޅުތެރޭގައި ޤާއިމްކުރެވޭ ސައިޓް މިއުޒިއަމްތަކާއި ސަގާފީ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް ބަލާލައި އެމިނިސްޓްރީގެ ވަޒީރު ޔުމްނާ މައުމޫނަށް ޝުކުރުދަންނަވާފައިވެއެވެ. ޔުމްނާ މައުމޫނަކި އެމްއާރުއެމްގެ ފަރާތުން މިސަރުކާރުގައި ހިމެނޭ ވަޒީރެއްކަން ފާހަގަ ކޮށްލެެވެއެވެ.

ރިޔާސީ ބަޔާނުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަމާޒުކޮށްފައިވާ ގިނަގުނަ ޚިދުމަތްތަކާއި ސަރުކާރުންދެމުން އަންނަ ހިދުމަތާއި ގުޅޭ ކަންކަން ހިމެނިގެން ގޮސްފައިވާއިރު އެމަސައްކަތް އިތުރަށް ފުރިހަމަ ކުރުމަށް ސަރުކާރުގައި ތިއްބެވި ވަޒީރުންނަށް ސަރުކާރުގެ ތާއީދާއި އާންމު ރައްޔިތުންންގެ އެއްބާރުލުން ސަރުކާރަށް ލިބޭނެކަމަށް އުންމީދު ކުރާ ކަމުގައި އެޕާޓީން ޔަގީން ކުރާކަމުގައިވެސް ބަޔާން ނިންމާލަމުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: