ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް އަތޮޅުތެރޭގައި ސައިޓް މިއުޒިއަމް ތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގޮތުން އަތޮޅުތެރޭގައި ސައިޓް މިއުޒިއަމްތަކެއް މިއަހަރު ތެރޭގައި ހުޅުވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ރިޔާސީ ބަޔާން އިއްވުމަށް ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަހަރުތެރޭގައި ހއ، ތ އަދި ނ އަތޮޅު ހިމެނޭހެން މިތިން ރަށުގައި ސައިޓް މިއުޒިއަމް ޤާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމުގައި ރައީސް އިތުރަށް ވިދާޅުވެލެއްވިއެވެ.

ދިވެހިރާއްޖޭގެ ސަގާފަތާއި ތަރިކަ އަދި ތާރީޚަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ރައްކާތެރިކަމާއި އެކު ބަލަހައްޓާމުންދާ ކަމެއް ކަމަށާއި އެގޮތުން ހ.އ ދިއްދޫަގައި ދާދި ފަހުން މަހާނަފަލަކަށް އުކާލެވިފައިވާ ހިރިގަލު މަހާނަގާތަކަކާއި ގުޅިގެން ގައުމީ ތަރިކަ އާއި ސަގާފަތް ހިމާޔަތްކުރުމާއި ގުޅޭ މަރުކަޒުން ބަޔާނެއްވެސް ނެރެފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ދިވެހިރާއްޖޭގެ ސަގާފަތާއި ތަރިކައިގެ ޤާނޫނުއަސާސީއާއި ހަވާލާދީ ނެރެފައިވާ މި ބަޔާނުގައި އިތުރަށް ވާ ގޮތުން ތަރިކަ އާއި ސަގާފަތް ދިރާސާ ކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށާއި ދިވެހިންގެ މަސައްކަތްތެރިކަމާއި ތާރީހު އެކުލެވޭ މުހިއްމު މައުލޫމާތު ތަކަކީ ތާރީހުގައި ހިމެނިދާފަދަ އައު ވާހަކަތަކެއް ލިބިގެން ހިނގައިދާނެ ކަންކަން ކަމުގައި އެމަރުކަޒުން ދެކޭ ކަމުގައެވެ.

ދިވެހިރާއްޖޭގެ ތަރިކައާއި ސަގާފަތް ރައްކާތެރި ކުރުމުގެ ގޮތުން މިސަރުކާރުން ދޭ މުހިއްމުކަން ދޭހަވަނީ ކަޅުވަކަރު މިސްކިތް އަލުން އަނބުރާ ވުޖޫދަށްގެނައުން ފަދަ ކަންކަމުންކަން ފާހަގަކޮށްލެވެއެވެ.

ކަޅުވަކަރު މިސްކިތަކީ އިހުޒަމާނުގެ ފަންނާއި ހުނަރުވެރިކަމާއި ގަލު ވަޑާމާއި އަތްތެރިކަން ރަމްޒުކޮށްދޭ މުހިއްމު ބިނާއެކެވެ.

ވޭތުވެދިޔަ ސަރުކާރުން ސަލްޓަންޕާކުގައި ހުރި ކަޅުވަކަރު މިސްކިތް ނަގާފައި ވަނީ އެތަނުގައި ވިންޓަރ ތީމް ޕާކެއް އެޅުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: