ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ ދަށުން މިފްކޯ ވަކިކުރުމަކީ މާ ބިޔަ މަޝްރޫއެއް ނޫން: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯގެ ދަށުން މިފްކޯ ވަކިކުރުމަކީ ރައީސް ފާހަގަކުރައްވާފަދަ މާ ބިޔަ މަޝްރޫއެއް ނޫން ކަމަށާއި އެއީ އިދާރީ މަސައްކަތެއްކަމަށް މާވަށު ދާއިޜާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަސްވެރިކަމުގެ ދާއިރާއަށް އައިސްފައިވަ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން 118 ދޯންޏެއްގައި މަސްފިނިކުރާ ނިޒާމް ޤާއިމްކުރުމާއި މަސްވެރިކަން ހަރުދަނާ ކުރުމަށް އެހީވުމުގެ ގޮތުން މިއަހަރުތެރޭ މަސްވެރިކަމަށް އަމާޒުކޮށްގެން 59 މިލިއަން ރުފިޔާގެ ލުއި ލޯނު ދޫކުރަން ފެށުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސްވެރިކަމުން ސަރުކާރަށާއި ރައްޔިތުންނަށް ލިބޭ މަންފާ އިތުރުކުރުމުގެ ގޮތުން އެސްޓީއޯގެ ދަށުން ނަގައި، މިފްކޯ ވަކި ކުންފުންޏެއްގެ ގޮތުގައި ކަނޑައެޅިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރިޔާސީ ބަޔާނަށް ފާޑު ވިދާޅުވެ ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ސައީދު ވިދާޅުވީ ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު ބަޔާންކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ބަޔާނެއް ކަމަށެވެ. ރިޔާސީ ބަޔާނަކީ އެންމެ ފުރިހަމަ ބަޔާނެއް އިއްވާ ބޭފުޅާގެ މަގާމް ހޯދުމުގެ ބޭނުމުގައި ލިޔެ ހިތުދަސްކޮށްގެން ރީތި ބަޔާނެއް އިއްވަން ކުރާ ކަމެއް ނޫންކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ގައުމު މިހާރު އޮތް ހާލަތަށް ބަލާއިރު އެންމެ ފުރަތަމަ ރިޔާސީ ބަޔާނުގައި އަންނަން ޖެހޭނީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ވާހަކަތައް ކަމަށެވެ. ގައުމުގެ އިގްތިސާދު ބަރޯސާވަނީ މިދެ ސިނާއަތަށް ކަމަށާއި މިހާލަތުގައި މިނޫން ވާހަކައެއް ރިޔާސީ ބަޔާނުގައި އެންމެ ފުރަތަމަ އައިސްގެން ނުވާނެކަމަށް ސައީދު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވައި ސައީދު ވިދާޅުވީ ޔޫރަޕަށް މަސް އެކްސްޕޯޓްކުރުމަށް ހުރި ހުރަސް ނައްތާލުމަށް ތިން އަހަރު ކުރިން ވެފައިވާ ވައުދުތައް ވެރިކަމުގެ ހަތަރުވަނަ އަހަރަކާއި ކުރިމަތިލީއިރުވެސް ފުއްދިފައި ނުވާކަމަށެވެ. އަދި އެކަން ނުވެ އޮތްއިރު ރިޔާސީ ބަޔާނުގައި އެކަމަށް އެޑްރެސް ނުކުރެއްވީ ކިއްވެތޯ ސައީދު ސުވާލު އުފެއްދެވިއެވެ. އަދި މަސްވެރިކަމުގެ ހަމަ އަގު ހޯދައިދޭ ވާހަކަތައް ކޮންމެ އަހަރަކަުވެސް ދައްކަވާ ކަމަށާއި އެހެންނަމަވެސް އެކަމުގެ ތަފްސީލެއް މިހާތަނަށް އައިއިރު ލިބިފައިނުވާކަމަށް ސައީދު ވިދާޅުވިއެވެ. އޭގެ ބަދަލުގައި މިއަދު ފެންނަނީ މަސްވެރި ދޯނިތައް ދަރަނިވެރިވެފައިވާތަން ކަމަށް ވިދާޅުވިއެވެ. އެސްޓީއޯގެ ދަށުން މިފްކޯ ވަކިކުރުމަކީ ރައީސް ފާހަގަކުރައްވާފަދަ މާ ބިޔަ މަޝްރޫއެއް ނޫން ކަމަށާއި އެއީ އިދާރީ މަސައްކަތެއްކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެންމެ މަސްވެރިކަން ރަނގަޅުވިކަމަށް ބުނާ އަހަރު މަސްވެރިންނަށް ދެވުނު ފައިސާއެއް ނެތްކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާއި ދިމާކޮށް ވެފައިވާ ވައުދުތަކަށް އަލިއަޅުއްވާލައްވައި ސައީދު ވަނީ ގޭދޮށު މަސް ފެކްޓްރީތަކުގެ ވާހަކަތަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރިޔާސީ ކެމްޕެއިންގައި ވަރަށް ބޮޑަށް އެވާހަކަތައް ދައްކާވަ އެމަންޒަރު މަސްވެރިކަމުގެ އާއިލާތަކަށް ވަރަށް ބޮޑަށް ސިފަކޮށްދެއްވިކަން ސައީދު ފާހަގަކުރެއްވިއެވެ.  އެގޮތުން އިހަވަންދޫ އައްޑޫ ސިޓީ ފަދަ ރަށްތަކުގެ މަސްވެރިކަމުގެ އާއިލާތަކަށް އެހުވަފެންތައް ދައްކާ ކޮންމެ ގެއެއްގައި އެފަދަ ފެކްޓްރީއެއް ހުންނާނެކަމުގެ ވާހަކަތޔައް ހިއްސާ ކުރެއްވިކަން ފާހަގަކުރެްއވިއެވެ. އެހެންނަމަވެސް ވެރިކަމުގެ ހަތަރުވަނަ އަހަރަކަށް އައިއިރު އެކަމަށް ކުރި ހޭދައެއް ނެގި ލޯނެއް ނެތްކަމަށް ސައީދު ވިދާޅުވިއެވެ.

ރިޔާސީ ބަޔާނެއްގައި މަސްވެރިންނަށް ދޭންވާ އަހަންމިއްޔަތުކަން ދީފައި ނެތްކަމަށް ސައީދު ވިދާޅުވިއެވެ. އަދި ކެމްޕެއިންގައި ވެފައިވާ ވައުދުތައް ފުއްދުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާކަން ފާހަގަކުރައްވާ ކޮންމެ ވާހަކައެއްގައިވެސް ތިލަމާލެ ބްރިޖުގެ ވާހަކަތައް ދައްކަވާކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ހަތަރުވަނަ އަހަރަކަށް އެޅިގެންދިޔައިރު އެމަޝްރޫއަށްވެސް ކުރެވުނު މަސައްކަތެއް ފެންނަން ނެތްކަމަށް ވިދާޅުވިއެވެ. އަދި ތިލަމާލެ ބްރިޖަށްވުރެ މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަކީ މާ މުހިންމުކަމެއްކަމަށް ސައީދު ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި އިގްތިސާދީ ވާހަކައެއް ނެތްކަމަށާއި އޭގައި ވަނީ ހިޔާލީ ވާހަކަތަކެއްކަމަށް ވިދާޅުވިއެވެ. ރައީސް ސޯލިހުގެ ރިޔާސީ ބަޔާނާއި ސްކޫލްގެ ޕްރިންސިޕަލަކު އިއްވާ އަހަރީ ރިޕޯޓަކާއި ތަފާތެއް ނެތްކަމަށާއި ރިޔާސީ ބަޔާނުގައި ހުރީ އޮއްޓަރެއް ނެތް ވާހަކަތަކެއްކަމަށް ސައީދު ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: