ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެއްޗާއި ދެކޮޅަށް ބޮޑު ކާމިޔާބީއެއް ހޯދީ މިދިޔަ 3 އަހަރު: ރައީީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވަތަކެއްޗާއި ދެކޮޅަށް ރާއްޖެގެ ކަމާބެހޭ މުއައްްސަސާތަކުން އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފއިވަނީ ފާއިތުވެދިޔަ 3 އަހަރުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދަދައިން ވިދާޅުވީ މި އަހަރަށް މަޖިލީސް ހުޅުވައިދެއްވައި ރިޔާސީ ބަޔާން އިއްވަމުންނެވެ.

މީގެ ކުރިން ރާއްޖެއިން އަތުލައިނުގަންނަހާ ގިނަ އަދަދަކަށް ފާއިތުވި އަހަރު އެކަނިވެސް މަސްތުވާތަކެތި އަތުލައިގެންފައި ވެއެވެ. ފުލުހުންނާއި، ބޭރުގެ ގާއުމުތައް ގުޅިގެން ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކުތައް އަތުލައިގަތެވެ.

މަސްތުވާތަކެތީގެ ވަބާ ރާއްޖޭގައި އިތުރުވެފައިވާ މިންވަރު ހާމަކުރައްވައި ރައީސް ވިދާޅުވީ،  ފުލުހުންނާއި، ކަސްޓަމްސް އަދި ކަމާބެހޭ މުއައްސަސާތައް ގުޅިގެން ހިންގުނު 330 އޮޕަރޭޝަންއަކުން 1.3 ޓަނަށްވުރެ ގިނަ މަސްތުވާތަކެތި އަތުލާފައިވާއިރު މީގެ އަގަކީ 1.2 ބިލިއަންއަށްވުރެ ގިނަ ރުފިޔާކަމަށެވެ.

މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވި ޑްރަގާ ގުޅޭ ޒަމާނީ ފެންވަރުގެ މަރުކަޒެއް އައްޑޫ ހުޅުދޫގައި ތައްޔާރުކުރެވި ހިދުމަތްދިނުން ކުރިއަށް ގެންދިޔުމުގެ އެންމެ ފަހުގެ މަރުހަލާގައި ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. 

“މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި އަޅުގަނޑު ފާހަގަކުރި ޑްރަގާ ގުޅޭ ޒަމާނީ ފެންވަރުގެ މަރުކަޒު ހުޅުމީދޫގައި އެވަނީ ނިންމާފައި. 60 މީހުންގެ ޖާގައިގެ މި މަރުކަޒުން ފަރުވާ ފަށައިގަތުމުގެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ހިނގަމުން. ޖަލުގައި ބަންދުކުރެވިފައިވާ ގައިދީންނަށް އަމާޒުކުރެވޭ މުޅިން އާ ރީހެބިލިޓޭޝަން ޕްރޮގްރާމެއް، މި ފެބުރުވަރީ މަހު ފެށޭނެ.”

ރިމާންޑް ސެންޓަރުގެ ހިދުމަތް ލިބެންނެތް ރަށްރަށުގައި ދަނީ ރަށު ކައުންސިލާއި، ސިއްހީ މަރުކަޒުތަކުގެ ބެލުމުގެ ދަށުން ފަރުވާ ހޯދޭނެ ގޮތްތަކެއްވެސް ފަހިކޮށްދެއްވަމުންނެވެެ. ޑްރަގާ ގުޅުންހުރި ކުށްތަކާއި، ފަރުވާ ބޭނުންވަ ފަރާތްތައް ގިނަ ސަރަހައްދުތަކުގައި ދަނީ މި ހިދުމަތް އަލުން ދޭން ފަށާފައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: