ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ވެރިކަމުގައި މާޔޫސްވާން ޖެހޭ ވަރުގެކަމެއް ނެތް: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް/ ފޮޓޯ: ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި މެދު ރައްޔިތުން ކަންބޮޑުވާން ޖެހޭ، އަދި މާޔޫސްވާން ޖެހޭ ސަބަބެއް ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ކޯލިޝަން ޕާޓްނަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް ވިދާޅުވީ ސަރުކާރާއި މެދު ގޮތް ހުސްވެ، ރައްޔިތުން މާޔޫސް ވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެމްޑީޕީގެ ސުޕަމެޖޯރިޓީއެއް އޮތުމާއި އެކު ދެކެވޭ ވާހަކައަށް ގާސިމް ވިދާޅުވީ، އެމްޑީޕީން އުޅެނީ ގޮނޑީގެ އަދަދު މަދުވެގެން ނޫން ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ ހިތްދަތިވާ ކަންތައް ކުރައްވައިގެން ލިބޭނެ ފައިދާއެއް ނެތްކަމަށް ގާސިމް ވިދާޅުވި އެވެ.

މީގެ ކުރިން އެމްޑީޕީއަށް ވާރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައިވާ ގާސިމް ވިދާޅުވީ، އޭނާ އުމުރުން ދުވަސްވެ ހުރެ ވެސް ސިޔާސީ ހަރަކާތަށް ނިކުމެ އުޅުއްވަނީ ރައްޔިތުންނަށް ހެޔޮ އެދޭތީ ކަމަށެވެ. އަދި އޭނާއަކީ ކޯލިޝަން ލީޑަރަކަށް ވާތީކަމަށް ވިދާޅުވި އެވެ.

ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި، ގާސިމް ކުއްލިގޮތަކަށް ސިޔާސީ ހަރަކާތްތަކަށް ނިކުންނެވީ ބައެއް އަމިއްލަ ސަބަބުތަކާއި ހުރެ އެވެ.

މީގެ ކުރިން ވެސް ބޭއްވި ޖަލްސާއެއްގައި ގާސިމް ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެސް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމަށް އިޝާރާތް ކުރައްވައި ޤާސިމް ވިދާޅުވީ ހުރިހާ ކޯޓަކުން ކުށް ސާބިތުވެ ސުޕްރީމް ކޯޓުން މިނިވަންވެ މަގުމަތީގައި އުޅުއްވި ނަމަވެސް އެކަން ސަރުކާރަށާއި އެމްޑީޕީ އަށް އަދި އެމަނިކުފާނަށް ހަޖަމް ކުރެވޭނެ ކަމަށާއި މިސަރުކާރުން ސުޕްރީމް ކޯޓުގެ ހުކުމްތަކަށް އިޚްތިރާމް ކުރާނެ ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: