ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބާއި ގުޅިގެން ފޯކައިދޫގައި ހަމަނުޖެހުންތަކެއް

ރޭ ހިނގާދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމަންޑޫ ދާއިރާގެ އިންތިހާބު ބޭއްވުމަށް ށ. ފޯކައިދު އަށް ގޮސް ތިބި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނާ އެމްޑީޕީގެ އިސް ފަރާތްތަކަކުން ބައްދަލުކޮށް ވޯޓު އޮޅުވައިލަން އުޅޭ ކަމުގެ ތުހުމަތާ އެކު އެ ރަށުގައި ރޭގައި ހަމަނުޖެހުންތަކެއް ހިންގައިފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހަމަނުޖެހުން ހިނގުމަށް މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާ ކެމްޕޭންޓީމުގައި ހިމެނޭ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އީސީގެ އޮފިޝަލުންނާއި ބައްދަލުކުރި ކަމުގެ އަޑުތަކެއް ރަށުތެރޭގައި ފެތުރުމާއި ގުޅިގެންނެވެ. އެއަޑުތަކާއެކު ޕީޕީއެމްގެ ސަޕޯޓަރުންތަކެއް އީސީ އޮފިޝަލުން ތިބޭ ގެސްޓްހައުސް އަށް ވަދެގަތުމުގެ ސަބަބުން ހަމަނުޖެހުންތަކެއް ހިނގީކަމަށާއި އެމައްސަލަ މިހާރުވަނީ އިލެކްޝަން ކޮމިޝަނަށް ހުށައަޅާފައި ކަމަށް ޕީޕީއެމުން ވަނީ ހާމަކޮށްފައެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކޮމަންޑުއަށް ގޮސްތިބި އޮފިޝަލުން ތިބި ގެސްޓް ހައުސް އަކީ އެމްޑީޕީ މެމްބަރުން ކެމްޕޭން ޖަގަހައެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ތަނެއްކަމަށް ޕީޕީއެމްއިން ބުނެއެވެ. އަދި އެތަނުގައި އީސީ އޮފިޝަލުންނަށް ތިބެވިގެން ނުވާނެ ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.

މީގެ އިތުރުން އެމްޑީޕީއާއި ޖޭޕީގެ ބައެއް މެމްބަރުން ގެންދަވަނީ ކެމްޕޭންކުރުމް މަނާ ގަޑިތަކުގައި ރަށުގެ ގޭގައަށް ވަދެ ކެމްޕޭން ކުރަމުންކަމަށްވެސް ޕީޕީއެމްއިން ތުހުމަތުކުރެއެވެ.  އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި ފިރިކަލުން ނާޝިޒްގެ އިތުރުން ޖުމްހޫރީ ޕާޓިގެ ކުރީގެ ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރު ވަނީ ރޭގެ ވަގުތެއްގައި ކޮމަންޑޫ ރައްޔިތުންގެ ގޭގެއަށް ޒިޔާރަތް ކޮށްފައި ކަމަށް ޕީޕީއެމްއިން ބުނެއެވެ. އެކަމާއި ގުޅިގެން އެރަށުގައި ތިބި ބައެއް އާންމުރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ކޮމަންޑޫގައި ހުރި ސަރުކާރުގެ ބައެއް އޮފީސްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އެމްޑީޕީއަށް ވޯޓް ދިނުމަށް ކުންފުނިތަކުގެ ވެރިން އަންގަމުންދާކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ. އެގޮތުން ފެނަކަ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ވަކިވަކިން ބައްދަލުކޮށް ކޮމަންޑޫ ދާއިރާގެ މަޖިލިސް އިންތިހާބުގައި އެޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދިނުމަށް އަންގާފައިވާކަން އެކުންފުނީގެ ގިނަ މުވައްޒަފުން ކަށަވަރުކޮށްދީފައިވާ ކަަމުގައިވެސް އިދިކޮޅުން މައުލޫމާތުދީފައިވެއެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ކުރުމުގެ މުއްދަތު އިއްޔެގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ވަނީ ނިމިފައެވެ. އަދި މިވަގުތު އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު މިއަދުގެ މިހާތަނަށް އެއްވެސް މައްސަލައެއް ފެންމަތިވެފައެއް ނުވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: