ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަގާފީ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބާއްވާ ސަވާދިއްތަ ދަތުރު ފަށައިފި

ސަވާދިއްތަ ދަތުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ސަގާފީ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ގޮތުން މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ ސަވާދިއްތަ ދަތުރު ހއ. ހޯރަފުށީގައި ފަށައިފިއެވެ.

ދިވެހިން ކަނޑުދަތުރުފަތުރު ކުރުމަށް ބޭނުންކޮށް އުޅުނު ނައު ފަހަރު ރަމްޒެއްގެ ގޮތުގައި ފަރުމާކޮށްގެން ފެށި މި ދަތުރު ނުވަތަ ޔޮޓް ރެލީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖޭގެ 15 ރަށައެއްގައި މަޑުކޮށް އެ ރަށްތަކުގެ ސަގާފަތާއި އާދަކާދަ ތަޖުރިބާކޮށް ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ހިއްގައިމު މާހައުލު ހިއްސާ ކުރާ މި ދަތުރަކީ ރިޔަލު ޔޮޓުތަކުގައި ރާއްޖެ އަންނަ ފަތުރުވެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ފުރަތަމަ ހަރަކާތެވެ.

މި ދަތުރުގެ ބައިވެރިންގެ ދަތުރުގެ ތެރެއިން މަޑުކުރުމަށް ރާވާފައިވާ މަންޒިލްތަކުގެ ތެރޭގައި ހއ އުލިގަން، ހއ. ހޯރަފުށި، ހއ. މަތީރަށް، ހއ. އިހަވަންދޫ، ހއ. ތަކަންދޫ. ހއ. އުތީމު އަދި ބާރަށެވެ. ހދ އަތޮޅުން ނޮޅިވަރަންފަރާއި، ކުޅުދުއްފުއްޓާއި ކޭލަކުނު ވެސް މީގެ ތެރޭގައި ހިމެނެ އެވެ. ށ އަތޮޅުގައި ހިމެނޭ ރަށްތަކުގެ ތެރޭގައި ފުނަދޫ އާއި ނިލަންދޫ އަދި ނ. އަތޮޅުން ލަންދޫ ހިމެނޭއިރު ބ އަތޮޅުން ތުޅާދޫ އާއި ހަނިފަރު ބޭ ގެ އިތުރުން ބިލެތްދޫ ތިލަ ހިމެނެއެވެ.

އަދި ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުގައި ހަރަކާތް ނިންމާލާނީ މިމަހުގެ 20 ވަނަ ދުވަހު ފަރި އައިލެންޑް ރިސޯޓްގައި ބާއްވާ ގާލާ ޑިނަރ ނައިޓަކުންނެވެ.

“ސަވާދިއްތަ” މިނަން ރަމްޒުކޮށްދެއްނީ ޒަމާނުއްސުރެން ތުންތުން މަތިން އަޑުއިވޭ ތާރީހީ ވާހަކައިގައި ރާއްޖެއަށް އެރި ރަންނަމާރީގެ ކިބައިން މިންޖުކޮށްދިން މުހައްމަދު ތަކުރުފާނުން ވެރިކަމަށް އިސްވެވަޑައިގެން އެ ރަސްގެފާނަށް ނިސްބަތްކޮށް ސަވާދިއްތަ މަހާރަދުންގެ ނަމުން މުހާތަބު ކޮށްފައިވާތީކަމުގައި މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވޮލަޕްމަންޓް ކޯޕަރޭޝަން ގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއިދު ވިދާޅުވިއެވެ.

އަދި މިދަތުރު ކުރުމުގެ ހިޔާލަކީ ކުރީ ޒަމާނުގައި ވިޔަފާރި ދަތުރުތަކު ނައުފަހަރުގައި ދަތުރު ކުރި އެވޭލާ އިހުގެ ކާބަފައިންގެ ފަރާތުން ލިބުނު އެކި މައުލޫމާތާއި އެމީހުންގެ ވާހަކަތައް އަޑުއިވި އެކަމަށް ޝައުގުވެރިކަން އުފެދިގެން ވުޖޫދަށް އައިކަމެއް ކަމުގައި ދަތުރު އިންތިޒާމް ކުރާކަމެއްގެ ގޮތުގައި ރާއިދު ހާމަކުރިއެވެ.

ދަތުރުގައި ހިމެނޭ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަވި އެއް ކަމަކީ ސަވާދިއްތަ ޕާސްޕޯޓް އިފްތިތާހު ކުރުމެވެ.

ޕާސްޕޯޓް އިފްތިތާހުކޮށްދެއްވީ އދ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރ ކެތެރިން ހެޒްވެލްއެވެ.

މި ދަތުރުގެ ކޮންމެ ބައިވެރިއަކަށް ހަދިޔާއެެއްގެ ގޮތުގައި ސަވާދީއްތަ ޕާސްޕޯޓެއް ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެ އަކީ ސަގާފަތާއި ތަރިކައިގެ ގޮތުން މުއްސަނދި ގައުމެއްކަމަށާއި ރާއްޖެ އަންނަ ގިނަ ފަތުރުވެރިން އަންނަނީ ދިވެހިންގެ ފުރިހަމަ މެހުމާންދާރީގެ ސަބަބުން ކަމުގައެވެ. އޭރާއި މިހާރު ރާއްޖެއިން ބޭރުން ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި މަޑުކުރަނީ އެމީހުން ދަތުރުކުރަމުން އައި ނައުފަހަރު ހަލާކުވެގެން ކަމަށާއި ނަމަވެސް އެނައު ހަލާކު ނުވާ ކަމަށާއި ހަގީގަތުގައި އެއީ އެމީހުން ރާއްޖެ ދޫކޮށް ނުދިއުމަށް ދެއްކި ބަހަނާ އެއް ކަމުގައި މިނިސްޓަރ ވިދާޅުވި އެވެ.

ރާއްޖޭގެ ސަގާފަތާއި ތަރިކަ ނެތި ގެއްލެމުން ދާމިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ ސަގާފަތާއި އާދަކާދަ އާއި ތަރިކަ ރައްކާތެރިކޮށް ބެހެއްޓުމުގައި މި  ދަރުތަކީ ފެށުމެއް ކަމުގައި މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވިދާޅުވިއެވެ. އަދި ސަގާފަތް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތް އިތުރަށް ފުޅާ ވެގެންދާނެ ކަމަށްވެސް ޔުމްނާ އިތުރަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: