ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ހޮސްޕިޓަލުގައި ސިޒޭރިއަން ހަދަނިކޮށް ގޮހޮރު ބުރިވި މައްސަލަ ބަލަނީ

އައްޑު އިކުއެޓޯރިއަލް ހޮސްޕިޓަލް/ ފޮޓޯ:- ޓައިމްސް އޮފް އައްޑޫ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި މިދިޔަ ހަފުތާފައި ސިޒޭރިއަން ހެދި މީހެއްގެ ގޮހޮރު އެތަނުގެ އިހުމާލުން ބުރިވި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން މިރޭ ބުނީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލަކީ މިނިވަން ބޯޑެއްގެ ބެލުމުގެ ދަށުން ހިންގޭ ހޮސްޕިޓަލެއް ކަމަށާއި މިނިސްޓްރީ އަކީ ރާއްޖޭގެ ސިއްހީ ނިޒާމު ރެގިއުލޭޓް ކުރުމުގެ ޒިންމާ ހަވާލް ކުރެވިފައިވާ ފަރާތް ކަމަށެވެ. އެހެންކަމުން އައްޑޫ ހޮސްޕިޓަލްގައި ސިޒޭރިއަން ހެދި މީހަކަށް ދިމާވި ހިތާމަވެރި ހާދިސާ ހިނގާދިޔަ ގޮތް މި މިނިސްޓްރީން ބަލަމުންދާ ކަމަށެވެ.

“އަދި ކަނޑައެޅިފައިވާ އުސޫލު ތަކުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަމެވެ.” މިނިސްޓްރީން ބުނެފައިވެ އެވެ.

އޭނާގެ ހާލު ގޯސްވެގެން މި ވަގުތު އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން އަންނަ އިރު، އޭއީއެޗްގައި ސިޒޭރިއަން ހެދީ މިދިޔަ މަހުގެ 23 ގަ އެވެ. އަދި އަންހެން މީހާގެ ހާލު އަދިވެސަ ސީރިއަސް ކަމަށް އާއިލާ އިން ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: