ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ހޯދި ކާމިޔާބަށް ރައީސް ނަޝީދުގެ ފިނި މަރުހަބާއެއް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ ބޭއްވުނު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރި އިންތިހާބީ މަޖިލިސް މެމްބަރ މުހައްމަދު ރާޝިދަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފި އެވެ.

އިންތިހާބުގެ ނަތީޖާ އިއުލާނުކޮށް، އެކަމުގެ އުފާ ފާޅުކުރުމުގެ ހަރަކާތްތައް ވެސް ކުރިޔަށް ގެންދިޔަ ފަހުން ރައީސް ނަޝީދު މިއަދު ހެނދުނުގެ ވަގުތެއްގައި ޓްވީޓެއްކޮށް އެމްޑީޕީގެ ކެމްޕެއިން ޓީމަށް މަރުހަބާ ދެންނެވި އެވެ. އަދި ދައުރުގެ މެދުތެރެެއިން ބޭއްވި މަޖިލީހުގެ އިންތިހާބުގެ ގޮނޑިއެއް ކާމިޔާބު ކުރި ރާޝިދަށް ވެސް ރައީސް ނަޝީދު މަރުހަބާ ދެންނެވި އެވެ.

މީގެއިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ދެކެވުނު ވާހަކައެއްގެ ތެރެއިން ރައީސް ނަޝީދު ވަނީ އިންތިހާބުގައި ލިބުނީ އެންމެ އެދެވޭ ނަތީޖާއެއް ނޫންކަން ފާހަގަކޮށްފަ އެވެ. އެމަނިކުފާނުގެ ކަންބޮޑުވުމަކަށް ވީ އެމްޑީޕީއަށް 50 އިންސައްތަ ވޯޓު ވެސް ނުލިބުމެވެ. ކުރިޔަށް އޮތީ ރިޔާސީ އިންތިހާބުކަމާއި، އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށް ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ނުކުރެވިއްޖެ ނަމަ 2023 ޕާޓީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

ރައީސް ނަޝީދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ގިނަ މަޖިލިސް މެމްބަރުންނާއި އަދި ސަރުކާރާއި ކޯލިޝަންގައި ހިމެނޭ ވަޒީރުން ވެސް ވަނީ އެމްޑީޕީއަށް މަރުހަބާ ކިޔައިފަ އެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބިފައިވަނީ 1,401 ވޯޓެވެ، އަދި ޕީޕީއެމްގެ ކެނޑިޑޭޓު މޫސާ ފަތުހީއަށް 1،161 ވޯޓު ލިބިވަޑައިގެންނެވިއިރު އެމްއެންޕީގެ ކެނޑިޑޭޓޫ ހަންނާން އިދްރީސަށް ލިބިވަޑައިތަތީ 323 ވޯޓެވެ.

ގޮނޑި ކާމިޔާބުކޮށް، ދާއިރާގެ ރަށްތަކުގައި އުފާ ފާޅުކުރުމުގެ ހަރަކާތްތައް އެމްޑީޕީން ވަނީ ފަށާފަ އެވެ. އެމްޑީޕީން މި ގޮނޑި ކާމިޔާބު ކުރިއިރު ސަރުކާރުން ވަނީ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ހިންގާފަ އެވެ. މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގައި ބުނެ އިދިކޮޅުން އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ވެސް ހުށަހެޅި އެވެ.

އިންތިހާބާއި ދިމާކޮށް ދާއިރާއަށް އިއުލާނު ކުރި މަޝްރޫއުތަކުގެ ތެރޭގައި ދެ ކޮމަންޑޫ ގުޅުވާލުމާއި، އަދި ދާއިރާގެ ރަށްތަކުގައި ފުޓްސަލް ދަނޑުތައް އެޅުން، އަދި ފަތުރުވެރިކަމާއި ގުޅުން ހުރި މަޝްރޫއުތައް ފާހަގަ ކުރެއްވެ އެވެ. މި މަޝްރޫއުތަކަކީ މިއީ އިއްތިފާގަކުން، އިންތިހާބާއި ދިމާވި މަޝްރޫއުތަކެއްކަމަށް ބުނެ ނުފޫޒު ފޯރުވާކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އެމްޑީޕީން ވަނީ އިންކާރުކޮށްފަ އެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: