ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީއަށް ބަދަލުނުވާ ނަމަ އެމްޑީޕީއަށް ވެރިކަމުގައި ނުތިބެވޭނެ: ނަޝީދު

އެމްޑީޕީން ގައުމީ މަޖިލީހުގެ މާލެ ދާއިރާ މެމްބަރުންނާއި އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ރައީސް ނަޝީދު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަރުލަމާނީ ނިޒާމަށް ބަދަލުނުވެއްޖެނަމަ އެމްޑީޕީއަށް ވެރިކަން ގެއްލިދާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކާމިޔާބީއަށް ފަހު އެ މަނިކުފާނުގެ މި ވާހަކަފުޅު ހިއްސާ ކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕެއްގައި ލިޔުއްވެވި މެސެޖެއް މެދުވެރި ކޮށެވެ.

އެގޮތުން ރައީސް ނަޝީދު ވަނީ މިއިންތިހާބުގައިވެސް އެމްޑީޕީއަށް 50 އިންސައްތަ ވޯޓު ނުލިބުނުކަން ފާހަގަކޮށް، ބަރުލަމާނީއަށް ބަދަލު ނުކޮށްފިނަމަ ވެރިކަމުގައި ނުތިބޭނެކަމަށް ވިދާޅުވެފައެވެ.

“ޝުކުރިއްޔާ، އެކަމު 50 ޕަސެންޓް ހުރަސް ނުކުރި. ބަރުލަމާނީއަށް ބަދަލު ނުވެއްޖެނަމަ އަޅުގަނޑުމެން ވެރިކަމުގައި ނުތިބޭނެ.” މެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

މީގެކުރިންވެސް އެކިފަހަރުމަތިން ރައީސް ނަޝީދު ވަނީ ބަރުލަމާނީއަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: