ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިތުނަފަސާދަ ޕީޕީއެމުން އުފެއްދުމަށް ބޭނުންކުރަނީ ބަރުހަތިޔާރު: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ޕީޕީއެމުން ފިތުނަފަސާދަ އުފެއްދުމަށް ބޭނުންކޮށްފައި ވަނީ އަދި އަބަދުވެސް ބޭނުން ކުރަނީ ބަރު ހަތިޔާރުކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ބޮންޑެ ވިދާޅުވެއްޖެއެވެ.

ބޮންޑެ މިހެން ވިދާޅުވީ ރޭ “ސަންގު” ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ބޮންޑެ ވިދާޅުވީ ޕީޕީއެމުން ނިމިދިޔަ މަޖިލިސް އިންތިހާބުގައި ނަފްރަތާއި ފިތުނަ ފަސާދަ އުފެއްދުމަށް ޑިމޮކްރަސީގައި ބޭނުންކޮށްގެން ނުވާނެ ފަދަ ބަރު ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށެވެ. ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ބޭނުން ކުރާ މި ހަތިޔާރަކީ، އެއްވެސް ހާލެއްގައި ޑިމޮކްރަސީއެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މިއަދާއި ހަމައަށް މަސައްކަތް ކުރަމުން އައީ ރާއްޖޭގައި ފިތުނަ ފަސާދަ އުފެއްދުމަށްކަން ފާހަގަކޮށް ބޮންޑެ ވިދާޅުވީ އެމްޑީޕީ އާއި ދޭތެރޭ އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް ފެތުރުމަކީ ޕީޕީއެމްއިން ފެށުނީސުރެ ކުޅެމުން އައި އެޖެންޑާ ކަމަށެވެ. އެބޭފުޅުން މަސައްކަތް ކުރަނީ އެމްޑީޕީއަކީ އިސްލާމް ދީނާއި ދެކޮޅު ޕާޓީއެއްކަމަށް ދެއްކުމަށް ނަަވެސް، ރައްޔިތުން މިއަދު އެ ވާހަކަތައް ގަބޫލެއް ނުކުރާކަމުގައި ބޮންޑެ ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތުގެ މައްޗަށް އިޝާރާތްކޮށް ބޮންޑެ ވިދާޅުވީ، 23 ޑިސެމްބަރުގައި ވެސް ބަޔަކު ކުރި މަސައްކަތަކީ ރައްޔިތުންގެ އިއްތިހާދުގެ ނަމުގައި އިއްތިހާދުތައް ހަދައި ނަފްރަތު އުފެއްދުމަށް ކަމަށެވެ.

ބޮންޑެ ވިދާޅުވީ ރުޅިވެރިކަމާއި ހަމަނުޖެހުންތައް އުފެއްދުމަކީ ވާދަވެރި ސިޔާސީ ޕާޓީތަކުގެ ސިފައެއް ނޫންކަމަށެވެ. އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަށް އަމާޒުކޮށް، ބޮންޑެ ވިދާޅުވީ މިފަދަ ހަރަކާތެއް އިންޑިއާ ފަދަ ގައުމަކުން ދިވެހިންނާއި ދެކޮޅަށް ފަށައިފި ނަމަ އެ ގައުމުގައި ތިބޭ ދިވެހިންނަށް އޭގެ ނޭދެވޭ އަސަރު އިންތިހާއަށް ފޯރާނެ ކަމަށެވެ. އެ މަންޒަރު ފެނި ކޮންމެ މީހަކު ވެސް ކަންބޮޑުވާނެކަން ފާހަގަކޮށް އޭނާ ވިދާޅުވީ މިއަދު ޕީޕީއެމުން އިންޑިއާ އައުޓަށް ގޮވާލައި މަދަރުސާތަކުގެ ފާރުގައި އެހެން ލިޔެ އެތަނުގައި ކިޔަވައިދޭން ދާ ޓީޗަރުންނަށް ބިރުދެއްކުމަކީ އެމީހުންވެސް އޮތް ކަންބުވުމެއް ކަމަށެވެ.

ރައްޔިތުން އެމްޑީޕީއަށް ރިޔާސީ އިންތިހާބާއި މަޖިލީސް މެޖޯރިޓީ ދިނީ އުންމީދުތަކަކާއި އެކު ކަމަށާއި އެއީ ރައްޔިތުން ތިބި ހާލުން އަރައިގަނެ ރައްޔިތުން ބޭނުންވާ ކަންތައް ހާސިލުކުރުން ކަމުގައި ވެސް ބޮންޑެ ވިދާޅުވިއެވެ. މިފަހަރު އިންތިހާބުން އެމްޑީޕީ ބަލިވި ނަމަ މީހުންދިރިއުޅޭ ގޭގެ ދޮށަށް ގޮސް ހަޅޭއްލަވައި މަގުތައް މައްޗަށް ނިކުމެ މަގު ބްލޮކްވާވަރަށް ޕީޕީއެމުން އިންޑިއާ އައުޓް ގޮވީސްކަމުގައި ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ އިންތިހާބުގައި ސަރުކާރުން ކަރަޕްޝަން ހިންގިތަން ނުފެންނަ ކަމަށާއި ސަބަބަކީ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ހިންގުނު މަސްރޫއުތަކަކީ ރައްޔިތުންގެ ހައްގުގައި ކޮށްދިން މަސައްކަތްތަކެއް ކަމަށެވެ. ރައްޔިތުން މިވަގުތު ބޭނުންވަނީ ނަތީޖާ ނެރުން ކަމުގައި ބޮންޑޭ ވިދާޅުވިއެވެ. ރައްޔިތުން އެމްޑީޕީއަށް 65 ގޮނޑި ދީފައިވަނީ ގާނޫނީ އިމުގެ ތެރެއިން ހަދާނެ ގާނޫނެއް ހެދުމަށް ކަމުގައިވެސް ބޮންޑެ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: