ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިިންޑިިއާ އަައުޓް” ކެމްޕޭނަށް ރައީސް ޔާމީން ރ. މީދޫ އަށް ވަޑައިގަންނަވަނީ

ރައީސް ޔާމީން އަތޮޅުތަކަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން / ފޮޓޯ: ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އައުޓް” ކެމްޕޭންގެ ދަށުން އަންނަ ހުކުރު ދުވަހު ރ. މީދުގައި ބާއްވާ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީީސް އަބްދުﷲ ޔާމީން އެ ރަށަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެމަނިކުފާނުގެ މިދަތުރުފުޅާއި ގުޅިގެން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ރައީސް ޔާމީން އިސްވެ ހުންނަވައިގެން ހިންގަވާ ކެމްޕެއިންގައި ކުރައްވާ ދަތުރުފުޅު ތަކުގެ ތެރެއިން ދަތުރެއްކަމަށެވެ. މިދަތުރުގައި ޕީޕީއެމްގެ ލީޑަރޝިޕްގެ އިސް ބޭފުޅުންވެސް ބައިވެރިވާނެއެވެ.

މިހާތަނަށް މާލެ އާއި ބައެއް ރަށްރަށުގައި ވެސް “އިންޑިއާ އައުޓް” ކެމްޕޭންގެ ހިނަ ހަރަކާތްތަކެއް ބާއްވާފައިވެ އެވެ. މި ކެމްޕޭންގެ ދަށުން ޔާމީން ވަނީ ކުރިން ށ. އާއި ފ. އަތޮޅަށް ވެސް ވަޑައިގެންފަ އެވެ.

ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ފަށާފައިވާ ކެމްޕެއިން ހުއްޓުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރުންވަނީ މިހަރަކާތް ހިންގުމަށް ދެން ޖާގަ ނުދޭނެކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: