ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް ހަރަކާތަކީ ޓެރަރިޒަމްގެ އަމަލެއް: އިމްރާން

އިދިކޮޅުން ކުރިޔަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އާއި އަވައްޓެރި އިންޑިއާ ދެމެދު ގޮތް ނޭނގޭ އެއްބަސްވުންތަކެއް ހަދާފައިވާކަމަށް ބުނެ، އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިޔަށް ގެންދާ ”އިންޑިއާ އައުޓް“ ކެމްޕެއިން ބެލެވޭނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައިކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިނުން ރާއްޖެއަށް ލިބޭ ގެއްލުން ދިރާސާ ކުރުމަށް 241 ކޮމިޓީ އާއި އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މީގެ ސަބަބުން މުޖްތަމައުއަށް ކުރާ ގެއްލުންތަކާއި، އަދި ފިޔަވަޅު އެޅުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިންގެ ބައެއް ހަަރަކާތް ތަކަކީ މިހާރުގެެ ޓެެރަރިޒަމްގެ ގާނޫނުނަށް ފެތިދާނެ އަމަލެއް ކަމަށާއި ނަމަވެސް ރާއްޖެއަކީ ޑިމޮކްރަޓިކް ގައުމެއްކަމުން ޓެެރަރިޒަމްގެ ކުށުގައި މީހުނަށް ދައުވާ ކުރުމާއި ލިޔެލާ ކޮންމެ ޕޯސްޓަކުން ބުނެލާ ކޮންމެ ބަހަކުން އެލެވެލްއަށް ގެންދިޔުމަކީ އެންމެ އެދެވޭ ގޮތް ނޫން ކަމަށެވެ. އަދި އެފަދަ އަމަލު ހިންގާ ކޮންމެ މީހަކު ހައްޔަރުކޮށް ޖަލަށް ލުމުގެ ވިސްނުން ނުގެންގުޅޭކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން އިތުރަށް ވިދާޅުވި ގޮތުގައި އިދިކޮޅު ކޯލިޝަނުން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތުގެ ސަބަބުން މި ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ޓީޗަރުންނާއި ޑޮކްޓަރުން ތިބެން ޖެހިފައި ވަނީ ބިރުވެރިކަމުގެ ތެރޭގައެވެ. އަދި އިންޑިއާ އައުޓް ކެމްޕޭނަކީ ރާއްޖޭގެ ސަލާމަތާއި ދާހިލީ ކަންކަމާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްގެ ގޮތުގައި އިމްރާން ވިދާޅުވި އެވެ.

އިދިކޮޅުން ކުރިޔަށް މި ހަރަކާތުގެ ސަބަބުން، އެކި ބޭނުންތަކަށް ދަތުރު ކުރާ ދިވެހިންނަށް އިންޑިއާއަށް އެތެރެވުމުގައި މައްސަލަތައް ދިމާވެ، އިމިގްރޭޝަންގެ ކަންކަމަށް އަސަރު ކުރާކަމަށް އިމްރާން ވިދާޅުވި އެވެ.

އިންޑިއާ މިލިޓަރީ އައުޓުން ފެށުނު ހަރަކާތެއް މިހާރު އޮތީ އިންޑިއާ އައުޓް އާއި ހަމައިގައިކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: