ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް ނިންމުން މާދަމާ ރޭ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން، ދެން އޮންނަ ރިޔާސީ އިންތިހާބަކަށް ނެރޭ ރިޔާސީ ކެނޑިޑޭޓު ކަނޑައެޅުމުގެ މަޝްވަރާތައް ފަށަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާކޮށްފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރުންނާއި ވެސް ހިއްސާކޮށްފައިވާ، ޖަލްސާގެ އެޖެންޑާގައި ހަތަރުކަމެއް ހިމަނާފައި ވެއެވެ. އެއީ ޗެއާޕާސަންގެ އިންތިހާބާއި، ޕާލިމަންޓްރީ ގްރޫޕުގެ އިންތިހާބު އަދި އަންހެނުންގެ ރޫހުގެ އިންތިހާބުގެ އިތުރުން ޒުވާނުންގެ ހިތްވަރުގެ އިންތިހާބެވެ. މާދަމާ ރޭގެ ބައްދަލުވުމުގައި މި އިންތިހާބުތައް ބާއްވާނެ ތާރީހެއް ނިންމާނެ އެވެ.

ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ، ރޭގަނޑުގެ 08:30 ގައި އިސްކަންދަރު ހޯލުގަ އެވެ. 

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ނިމުމުން، ޕާޓީގެ ޗެއާޕާސަން އެއް ކަނޑައެޅުމާއި ޔޫތް ވިންގެ އިންތިހާބު އޮންނާނެކަން އެމްޑީޕީން މީގެ ކުރިން ވެސް އޮތީ ހާމަކޮށްފަ އެވެ. ނަމަވެސް ރިޔާސީ ޕްރައިމެރީއަށް ގޮތެއް ކަނޑައެޅުމުގެ މަޝްވަރާތައް ފަށަން، އެޖެންޑާއެއްގައި ހިމެނި މިއީ ފުރަތަމަ ފަހަރަށެވެ.

ރިޔާސީ އިންތިހާބު ކުރިން ބަރުލަމާނީ ނިޒާމަކަށް ބަދަލު ނުކުރެއްވިއްޖެ ނަމަ ޕާޓީން ބާއްވާ ރިޔާސީ ޕްރައިމެރީގައި ވާދަ ކުރައްވާނެކަން ރައީސް މުހައްމަދު ނަޝީދު ވަނީ އިއުލާނު ކުރައްވާފަ އެވެ. ދެވަނަ ދައުރަކަށް ކުރިމަތިލާނެކަން ރަސްމީކޮށް ހާމަ ނުކުރި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭން ޖެހޭ ފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި ވެއެވެ. އަދި އިންތިހާބަށް ވާދަކުރާނެތޯ، ނޫސްވެރިން އަމާޒު ކުރާ ސުވާލުތައް އިންކާރެއް ވެސް ނުކުރައްވަ އެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ގުޅުން ގޯސްވެ، ދެ ބޭފުޅުން ވެސް އެ ވާހަކަ ދައްކަވާފައި ވެއެވެ. ހާއްސަކޮށް ރައީސް ނަޝިދު ވަނީ ސިޔާސީ ގޮތުން ރައީސް ސޯލިހާއި އެކު ސިޔާސީ މަސައްކަތެއް ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ އެތެރޭގެ ހިޔާލުތަފާތުވުން ވަރަށް ބޮޑަށް އުފެދި، މަޖިލީހުގައި ރައީސްގެ އިސްތިއުފާއަށް ވެސް އެމްޑީޕީގެ މެމްބަރުން ގޮވާލާފައި ވެއެވެ.

މާދަމާ ރެއަށް ޖަލްސާ އެޖެންޑާ ކުރި ނަމަވެސް، މިފަދަ އެކި ނިންމުންތައް ނިންމަން ބާއްވާ ޖަލްސާތަކުގެ ކޯރަމް ހަމަނުވެގެން ނުގެންދެވޭ ފަހަރުތައް ވެސް އާދެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: