ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ “ރަމަޒާން ބާޒާރު” ފަށައިފި

ފޮޓޯ:އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް އެސްޓީއޯ އިން ކުރިއަށް ގެންދާ “ރަމަޒާން ބާޒާރު” ގެ މި އަހަރުގެ ސޭލް މިއަދު ފަށައިފި އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި މީގައި މާލޭގައި ހުންނަ އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓުން ލިބެން ހުންނަ ގިނަ ތަކެތިން ބޮޑެތި ބޮޑު ޑިސްކައުންޓްތަކެއް ލިބޭނެ އެވެ. އަދި “ރަމަޒާން ބާޒާރު” އެސްޓީއޯގެ ހުރިހާ އައުޓްލެޓްކެއްގައި ކުުރިއަށް ދާނެ އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯގެ އަތޮޅުތެރޭގެ ތަންތަނުން ވިއްކާ މުދަލުން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި ވިޔަފާރިކުރާ މީހުންނަށް މި އަހަރު ޑިޖިޓަލް ކޫޕަނެއް ދޫކުރާނެ އެވެ.

އެގޮތުން މިއަދުން ފެށިގެން އެޕްރިލް މަހުގެ 30 އާ ހަމައަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ތެރޭގައި ކޮންމެ ހަފުތާއަކު ނަސީބުވެރިއަކު ހޮވައި، މުޅި ޕްރޮމޯޝަނުން 11 ނަސީބުވެރިން ހޮވަން ނިންމާފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: