ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުން އެންގީ އެމްޑަބްލިޔުއެސްސީގެ މައްސަލަ ހައިކޯޓުން އަލުން ބެލުމަށް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑަބްލިޔުއެސްސީގެ މައްސަލަ އަލުން ބެލުމަށް ހައިކޯޓަށް ސުޕްރީމް ކޯޓުން އަންގައިފިއެެވެ.

އެމްޑަބްލިއުއެސްސީއާއި ދެކޮޅަށް އިންފޮމޭޝަން ކޮމިޝަނަށް ހުށައެޅި މައްސަލައިގައި ސުޕްރީމް ކޯޓުްނ ކުރި ހުކުމާއި ގުޅޭގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުން އާންމު ކޮށްފައިވާ ބަޔާނުގައި ބުނީ މިމައްސަލަ ސުޕްރީމް ކޯޓުން ބަލާފައިވަނީ އިސްތިއުނާފު ކުރުމުގެ ހައްގަށް އުނިކަމެއް ލިބިދޭ ފަދަގޮތަކަށް ކަމަށް ސުޕްރީމް ކޯޓަށް ފެންނާތީ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން މިމައްސަލަ ބެލުމަށްފަހު އެމައްސަލަ އަލުން ބެލުމަށް ހައި ކޯޓުން އަންގާފައިވާކަމަށް ބަޔާނުގައިވެއެވެ.

ސުޕްރީމްކޯޓުން ކުރި ހުކުމްގައި ވާގޮތުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ގެ 64 ވަނަ މާއްދާގެ ދަށުން އެމްޑަބްލިޔުއެސްސީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައަކީ ހައިކޯޓަށް ނުބެލޭނެ މައްސަލަ އެއް ކަމަށް ހައި ކޯޓުން ނިންމާފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައިވެއެވެ. އެހެންކަމުން ހައި ކޯޓުގެ އެހުކުމް ބާތިލްވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ގާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށައެޅޭ މައްސަލަތަކަކީ އެ މާއްދާގެ ސަރީހަ އިބާރާތުން ދިވެހި ރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުން ބެލުމުގެ އިހްތިސާސް ލިބިދީފައިވާ މައްސަލަތަކެއް ކަމަށް ކަނޑައަޅުއްވައި، ގާނޫނު  ނަމްބަރު 2010/22 (ދިވެހި ރާއްޖޭގެ ކޯޓުތަކާއިބެހޭ ގާނޫނު)ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން މަޢުޟޫއީ ގޮތުން އެމައްސަލަ އަލުން ބެލުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް އެމައްސަލަ ތަހުލީލުކޮށް ބެލި ފަނޑިޔާރުން އިއްތިފާގުން ކަނޑައަޅާފައިވާ ކަމުގައި ބަޔާނުގައި ވެއެވެ.

އެމްޑަބްލިއުއެސްސީގެ މައްސަލައަކީ އެ ކުންފުނީގެ ވަޒީފާއިން ވަކި ކުރި މީހެއް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އޮޑިޓު ރިޕޯޓެއް ހޯދަން ހުށަހެޅުމުން އެ ރިޕޯޓު ދޫކުރުމަށް އައިކޮމްއިން އެންގި މައްސަލައެކެވެ. ހައި ކޯޓުން މައްސަލައިގައި މިދިޔަ އަހަރު ނިންމީ ގާނޫނުގައި އައިކޮމްގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެކަމަށް އޮތަސް، ކޮމިޝަނަރުގެ ނިންމުންތައް އެ ކޯޓަށް ނުބެލޭނެ ކަމަށެވެ. އެ މައްސަލަ އެމްޑަބްލިއުއެސްސީ އާއި އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއިރު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް ވަކާލާތު ކުރީ، ހައިކޯޓުގެ ހުކުމާއި ދެކޮޅަށެވެ.

އޭރު އިންފޮމޭޝަން ކޮމިޝަނަރަކަށް ހުންނެވީ، ހުސެއިން ފިޔާޒް މޫސާ އެވެ. ދައުލަތުން މައްސަލައިގައި ބުނީ ހައިކޯޓުން ގާނޫނު މަނާ ކުރީ އުސޫލުތަކާއި ހިލާފަށް ކަމަށެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި އެފަދަ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލޭނީ ހައި ކޯޓަށް ކަމަށް ސާފުކޮށް ބުނެފައިވާ ކަމަށާއި އެހެންކަމުން، އެ ނިންމުން ގޯސް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: