ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ގިނަ ވޯޓުން ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް ބަދަލުވުން މުހިންމު: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް ބަދަލުވުން މުހިންމުކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 30 އިންސައްތައަށްވުރެ ވޯޓު ދަށްވެއްޖެނަމަ އެންމެ ގިނައިން ވޯޓު ލިބޭ 2 ކެންޑިޑޭޓުންގެ މެދުގައި ވޯޓުގެ ދެވަނަ ބުރެއް ބާއްވާގޮތަށް އުސޫލު ބަދަލުކުރުން މުހިންމު ކަމަށެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް ބަރުލަމާނީ ނިޒާމަށް ބަދަލުވުމުގެ މުހިންމުކަމަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވައި އަންނަ އަހަރަށް މި ޕާޓީ މިސްރާބު ހިފުމަކީ  މިގައުމީ މަޖިލީހުގެ އެންމެ ބޮޑު އެއް މަސައްކަތަށް ވާންޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި ގާނޫނު އަސާސިއަށް ގެންނަންޖެހޭ ބަދަލުތައް މިހާރުވެސް ފާހަގަވަމުންދާކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮންމެ 5 އަހަރަކުން މަޖިލީހުގެ ގޮނޑި އިތުރުވެގެން ދިއުމަކީ ހަރަދަށް އަންނަ ބުރައެއްކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއްގައި އޮންނަ މަޖިލީހަށް ބަދަލުތަކެއް އަންނާނެކަމަށާއި ކޮންގްރެސް ބާއްވާ ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލު ގެނައުމަށް މަސައްކަތް ކުރަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

30 އިންސައްތަ ވޯޓުން ވެރިކަމަށް އާދެވޭގޮތަށް އުސޫލު ބަދަލުކުރެއްވުމަށް ގޮވާލައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާއިރު ދާދި ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ތިން ސިޔާސީ ޕާޓީއެއް ވާދަކޮށްގެން އެމްޑީޕީއަށް 48 އިންސައްތަ ލިބިގެން ކާމިޔާބުވުމުން ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: