ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާގައި މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި ދިވެއްސަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް!

ދެ ދިވެހިން ހައްޔަރުކޮށް، ކުރިޔަށްގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން/ ފޮޓޯ: ލަންކާ ފަސްޓް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތި ގެންގުޅުމުގެ ކުށް ސާބިތުވެ ދިވެހި ފިރިހެނަކު އުމުރަށް ޖަލަށް ލުމަށް ސްރީލަންކާގެ ކޯޓަކުން މިއަދު ހުކުމް ކޮށްފި އެވެ.

265 ގްރާމްގެ ހެރޮއިން ގެންގުޅުމުގެ ކުށް ސާބިތުވެ، ދިވެހި ފިރިހެން މީހާގެ މައްޗަށް ހުކުމް ކޮށްފައިވަނީ ކޮލަމްބޯ ހައިކޯޓުންނެވެ. އޭނާ ފުލުހުންގެ ނާކޮޓިކް ބިއުރޯއިން ހައްޔަރުކުރީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 22 ގައި ބަމްބަލަޕިޓިޔާ އިންނެވެ.

މި މައްސަލައިގައި އޭނާއާއި އެކު ހައްޔަރު ކުރި އަނެއް ދިވެހި މީހާ ވަނީ، ދައުވާތަކުން ސަލާމާތްވެފަ އެވެ.

ލަންކާގެ މީޑިއާތަކުން ވެސް މި މައްސަލަ ރިޕޯޓުކޮށްފައިވާއިރު، ހުކުމް އިއްވި ދިވެހި މީހާގެ މާ ގިނަ މައުލޫމާތުތަކެއް ފެންނާކަށް ނެތެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އެ ދެ ރާއްޖެ، ސްރީލަންކާ އަދި ޕާކިސްތާނުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިއުގައެއް ހިންގި ދެ މީހުންނެވެ.

2016 ގައި ލަންކާ ފުލުހުން މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ނެޝަނަލް ނާކޮޓިކް ބިއުރޯއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް، ދިވެހި ފުލުހުންނާއި ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: