ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަލާމަތީ ބާރުތަކުން ބަރޯސާ ހަމައެކަނި ވަނީ އިންޑިއާ އިންޓަލިޖެންސަށް: ރައީސް ޔާމީން

އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ފޭބުމަށް ގޮވާލާ ށ. ފުނަދޫގައި ކުރިޔަށްދާ ހަރަކާތުގައި ރައީސް ޔާމިން ވާހަކަ ދައްކަވަނީ/ ފޮޓޯ: ޕީޕއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިރާއްޖޭގެ ސަލާމަތީބާރުތަކުން ހަމައެކަނި ބަރޯސާ ވަނީ އިންޑިއާގެ އިންޓަލިޖެންސް ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ،

އެމަނިކްފާން މިހެން ވިދާޅުވީ ރ. މީދޫގައި އިދިކޮޅުން އިންޑިއާ އައުޓްގެ ނަމުގައި ކުރިއަށް ގެންދިޔަ ރެލީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވާފަދަ މައުލޫމާތު ބޭރުގެ އެކި ފަރާތްތަކުން އިންޓަލިޖެންސް މައުލޫމާތު ރާއްޖެއަށް ފޯރު ކޮށްދެމުން ދާ ކަމަށާއި ނަމަވެސް އެ މައުލޫމާތު ލިބިގަނެ ބަލައިގަތުމުގައި ވަކި ގައުމަކަށް ދިވެހިރާއްޖޭގެ އަސްކަރިއްޔާާއިން ބަރޯސާވެގެން ތިބުމަކީ ސަރުކާރަށް އިންޑިއާގެ ނުފޫޒުފޯރާފައިވާ ވަރު ހާމަކޮށްދޭ ކަމެއްް ކަމުގައެވެ. ވުމާއެކު އިންޓަލިޖެންސް މައުލޫމާތު ހޯދަނީ އިންޑިއާއިން ނޫން ކަމުގައި ސަރުކާރުން ދައްކަނީ ދޮގު ވާހަކައެއް ކަންވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ފޯރުކޮށްދޭ މައުލޫމާތުގެ ސައްހަ ކަމާއިމެދު ރައީސް ޔާމީން ސުވާލުއުފެއްދެވިއެވެ. އަދި އެކަމުގައި ދައުލަތުން ޖަވާބުދާރީ ވާން ބޭނުން ނުވާނެ ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

“ ދިވެހި އަސްކަރިއްޔާގެ ސަލާމަތީ  ބާރުގެ ދެބާރުވެސް މި ބަރޯސާ ވަނީ އިންޑިއާގެ އިންޓެލިޖެންސަށް. ދެން ކޯޗެއްތޯ ދިވެހި ސަރުކާރަށް މިނިވަން ކަމާއެކީ ލިބޭނީ؟ ކޮން މައުލޫމާތެއްތޯ މިިނިވަންކަމާއިއެކީ ދިވެހި ސަރުކާރަށް ލިބޭނީ؟  އަޅުގަނޑުމެންގެ އަމާންކަމާއި ރައްކާތެރިކަން އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެންގެ ކަނޑުތައް ހުރަސްކޮށް މިހިސާބަށް އަންނައިރު ކޮން ސައްހަ މައުލޫމާތެއްތޯ އަޅުގަނޑުމެންނަށް ލިބޭނީ؟“ ރައިސް ޔާމީން ވިދާޅުވިއެވެ.

މިއަދުގެ ސަރުކާރުން މުއާސަލާތީ ހިދުމަތުގައި ބޭނުން ކުރާ މައުލޫމާތު އިންޑިއާ އާއި ހިއްސާ ކުރާ ކަމުގެ ތުހުމަތު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ހުރި ބޮމްބޭ މާލޭ ލިންކް ޓަވަރު އުވާލުމަށްފަހު ދިވެހި ކުންފުނިތަކުން މުއާސަލާތީ ކަންކަން ބަލަހައްޓަމުން ދިޔައިރު ރާއްޖޭގެ އެއްވެސް ސިއްރު މައުލޫމާތެއް އެހެން ގައުމަކަށް ނުލިބޭ ކަމަށެވެ. އަދި މިއަދު މިގައުމު މިވަނީ ނާސިރު ގެ ދުވަސްވަރަށް ވުރެން ވެސް ފަހަތުގައި ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

އިންޑިއާ އައުޓް ހަރަކާތަކީ އިންޑިއާ ސިފައިން ރާއްޖޭއިން ފޭބުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް ބާއްވަމުން އަންނަ ސިލްސިލާ ހަރަކާތެކެވެ. އަދި މިހަރަކާތް މާލެއާއި އަތޮޅު ތެރޭގައި އަންނަނީ ބާއްވަމުންނެވެ. އަދި މިހަރަކާތުގައި އިންޑިއާ އަސްކަރީ ސިފައިން ރާއްޖޭގައި ތިބި ކަމަށާއި އެމީހުން މިގައުމު ދޫކޮށް ދާންޖެހޭ ކަމަށް ވެސް އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން އަންނަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.

ސަރުކާރުގެ ފަރާތުން މިހަރަކާތް ހުއްޓުވުމަށް  ހާރިޖީ ސިޔާސަތުތަކަށް ބުރޫއަރާ ފަރާތްތައް ހައްޔަރުކުރުމަށް ކަނޑައަޅާ ބިލެއް ފާސްކުރުމަށް އެކުލަވާލައިފައިވާއިރު އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމާއި ގުޅޭ މައްސަލަ އާއި ރައްޔިތުންގެމަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީގެ ފަރާތުން ކޮމިޝަނަރ އޮފް ޕޮލިސް އާއި ހޯމް މިނިސްޓަރާއި އެކު ވަނީ ބައްދަލުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: