ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށީ ޖަލުގެ ހަމަނުޖެހުން ހުއްޓުވަން ބަޑީގެ ބޭނުން ކުރަން ރައީސް މައުމޫން އޯޑަރެއް ނުދޭ: އިބްރާހިމް ދީދީ

ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި މާފުށީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެއްވެސް އޯޑަރެއް ލިބިފައި ނުވާކަމަށް ކުރީގެ މާލެ އޭރިއާ ކޮމާންޑަރ ރިޓަޔަރޑް ބްރިގޭޑިއަރ އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.

އާންމު ފަރާތަކުން ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެމުން އިބްރާހީމް ދީދީ ވިދާޅުވީ ވަނީ ރައީސް މައުމޫނުގެ ވެރިކަމުގައި އެދުވަހު އެމަނިކުފާނު ބަޑި ޖެހުމަށް އަމުރު ކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ. ޓްވީޓް ކުރެއްވި ފަރާތުން ބުނީ ރައީސް މައުމޫނު ބަޑި ޖަހަން އިބްރާހިމް ދީދީއަށް ރައީސް މައުމޫން އަމުރު ކުރިކަމަށާއި، ފެބްރުއަރީ 07 ގައި ރައީސް ނަޝީދުގެ ވެރިކަމާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ މުޒާހަރާތައް ހުއްޓުވަން އިބްރާހިމް ދީދީ ހިޔާލު ދިން ނަމަވެސް ނަމަވެސް ރައީސް ނަޝީދު އެކަން ކުރަން ބޭނުން ނުވި ކަމުގައެވެ.

އޭނާގެ ޓްވީޓަށް ރައްދުދެމުން އިބްރާހީމް ދީދީ ވިދާޅުވިގޮތުން ރައީސް މައުމޫނު އެދުވަހު އެފަދަ ކަމަކަށް އަމުރު ނުކުރައްވާ ކަމަށާއި އެދުވަހު ސިފައިންގެ ޑިއުޓީގައި އޭނާވެސް ހުރިކަމަށެވެ.

އިބްރާހިމް ދީދީގެ މިވާހަކަ އަށް ރައީސް މައުމޫނު ވަނީ ހަގީގަތް ހާމަކޮށްދެއްވީތީ ޝުކުރުއަދާ ކުރައްވާކަމަށް ވިދާޅުވެފަ އެވެ.

އޭނާގެ ޓްވީޓަށް ރައްދު ދެމުން ހިޔާލު ފާޅު ކުރި ބަައެއް މީހުން ވަނީ ބަލަންވީ ނާސިރުގެ ދުވަސްވަރު ތިނަދޫއިން މީހުންބޭލި މައްސަލަ ނޫން ކަމަށާއި ރައީސް މައުމޫނުގެ 30 އަހަރު އާންމުންނަށް އެކި ގޮތްގޮތުން ދީފައިވާ އަނިޔާކަމަށް ގޮވާލާފައެވެ.

ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅުގައި އެމަނިކުފާނުގެ ވެރިކަމާއި ދެކޮޅަށް ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ހިތްހަމަނުޖެހުން ފާޅުކުރުމާއި ގުޅިގެން ގިނަބަޔަކު ޖަލަށް ލި އެވެ. އަދި ޖަލުތަކުގައި ހިނގި ހަމަނުޖެހުމެއްގައި ބައެއް ގައިދީން މަރުވުމާއި ގުޅިގެން ރައީސް މައުމޫނުގެ ވެރިކަމާއި ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނިކުމެ ނުރުހުން ފާޅުކޮށްފައިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެމަނިކުފާނުގެ ވެރިކަމާއި ދެކޮޅަށް ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ވެރިކަން ބަދަލުކުރުމަށް ފާޅުގައި ގޮވާލިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: